Supreme court CNM aa dhekolhah: aa dhekolhah: MMC ah mahsala vehdhee gaanoonaa hilaafah!?
image
ސުޕްރީމް ކޯޓު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
1 ކޮމެންޓް
 

ސުޕްރީމް ކޯޓު ސީއެންއެމް އާ ދެކޮޅަށް: އެމްއެމްސީ އަށް މައްސަލަ ވެއްދީ ގާނޫނާ ހިލާފަށް!؟

ސީއެންއެމް އާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅީ ގާނޫނާ ހިލާފަށްކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ މީޑިއާ ކައުންސިލުގެ ގާނޫނުގައި ބުނާ އުސޫލުން ސީއެންއެމް އާ އެއްވެސް މުއާމަލަތެއްކޮށްފައިނުވާކަމަށް ސީއެންއެމުގެ ގާނޫނީ ޓީމުން މިއަދު ބުނުމުންނެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްސާގެ (ހ) ގައި ބުނެފައިވަނީ މީޑިއާގެ ވަސީލަތެއްގައި ޝާއިއު ކޮށްފައިވާ އެއްޗަކާ މެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިއުތިރާޒު ކުރާނަމަ، އެ މައްސަލަ ހުށަހެޅުމުގެ ކުރިން ދެ ފަރާތުން މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްސާގެ (ހ) ގައި ބުނެފައި ވަނީ، "މީޑިއާގެ ވަސީލަތެއްގައި ޝާއިއު ކޮށްފައިވާ އެއްޗަކާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިއުތިރާޒު ކުރާ ކަމަށް ވާނަމަ ފުރަތަމަ އެކަން އެ ވަސީލަތެއްގެ އެޑިޓަރަށް ނުވަތަ އެ ވަސީލަތެއްގެ ލިޔުންތަކަށް ޒިންމާވާ ފަރާތަކަށް އަންގާނީއެވެ. އަދި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވިގެން އެ އުފެދިފައިވާ މައްސަލަ އަކަށް އެކަށީގެންވާ ހައްލެއް ހޯދޭތޯ މަސައްކަތް ކުރާނީ އެވެ." ކަމަށެވެ.

ނަމަވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސީއެންއެމް އާ ދެކޮޅަށް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅި އިރު މިހާތަނަށް، އެފަދަ އެއްވެސް މަޝްވަރާއެއް ސީއެންއެމް އާ ކޮށްފައެއް ނުވެ އެވެ.

މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ސޮއިކޮށް މެއި މަހުގެ 28 ވަނަ ދުވަހު، ސީއެންއެމް އަށް ފޮނުވާފައިވާ ސިޓީގައި ވަނީ "ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!"ގެ ނަމުގައި ޝާއިއު ކުރި ލިޔުމާއި ގުޅިގެމް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެ ކައުންސިލަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްސާގެ (ހ) ގައި އެފަދަ މައްސަލަ ހުށަހެޅުމުގެ ކުރިން ދެ ފަރާތުން މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވާތީ، މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ލިޔެކިޔުންތަކާއި، އޭގެ ނަތީޖާ މާދަމާގެ ކުރިން އެ ކައުންސިލަށް ފޮނުވައި ދިނުމަށް އެދިފައި ވެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ސީއެންއެމްގައި ޝާއިއު ކުރި ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގުވެރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓައިލައި، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓުގެ ހުރުމަތް ކަނޑައިލައި، އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުންކުރާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

"އެކަމާއި ގުޅިގެން ކުރާންޖެހޭ ތަހުގީގުތައްކޮށް، އަޅާންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް މީޑިޔާ ކައުންސިލަށް މި ޑިޕާޓްމަންޓުގެ ފަރާތުން 15 މެއި 2019 ވީ ބުދަ ދުވަހު ހުށައަޅައިފައިވާ ވާހަކަ ދަންނަވަމެވެ." ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މި މަހުގެ 15 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ދީބާޖާގެ ފައިސާގެ ދެބައިކުޅަ އެއްބައި ލިބޭނީ އަލްހާންގެ ލޯފާމަށް:

ދީބާޖާ އިން "ސަކްސެސް ފީގެ ގޮތުގައި" އަލްހާންގެ ހިއްސާ އޮންނަ ލޯފާމު، "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިއަން އަށްވުރެ ގިނަ ރުފިޔާ ދޭން ޖެހޭގޮތަށް އޮތްކަން ވަނީ ހާމަވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ.

މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުގެ މަސައްކަތް ކޮށްފައިވަނީ "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ލޯފާމުންނެވެ.

"ދީބާޖާ އިންވެސްޓްމަންޓާއެކު" އެ ލޯފާމުން ވެފައިވާ އެގްރީމަންޓުގައި ބުނެފައިވަނީ ދީޖާބާއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ، 384،995،154.60 ރުފިޔާގެ 50 ޕަަސަންޓު އެޓާނީގެ "ސަކްސެސްފީގެ" ގޮތުގައި ކަނޑައަޅައި، ހައިކޯޓު ނިންމުން ކްލައިންޓުގެ ފަރާތުން އެޓާނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އަދި އިސްތިއުނާފު މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާ ކްލައިންޓަށް ލިބެންޖެހޭނެކަމަށް ކަނޑައަޅައި، އަދި އިތުރަށް ލިބޭ ކޮންމެ ފައިސާއެއްގެ ވެސް 50 ޕަސަންޓު ލޯ ފާމަށް ދޭންޖެހޭނެކަމަށެވެ.

މައްސަލަ ޖެހުނު ލިޔުން: ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!

ދީބާޖާ މައްސަލައިގައި ސްޕްރީމްކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެކަށީގެންނުވާ އަދަދެއްގެ ފައިސާ ބަދަލުގެގޮތުގައި ދައްކަން ޖެހޭކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމުން ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ދީބާޖާ މައްސަލަ ނިންމި ފަނޑިޔާރުންނަށް އަމާޒުކޮށް ހިޔާލުފާޅުކުރަމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ސެކެރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވަނީ ސުޕްރީމްކޯޓާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ދޮގު ކުރައްވާފައެވެ.

"ސުޕްރީމްކޯޓުން ޑީލެ ނުހަދާ. ނުވެސް ހަދާނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ނުހަދާނެކަން. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ބާރުން ތިފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ހަމަ ޔަގީން،" ޑރ. ހުސައިން ފާއިޒް ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ގައި ދެކެވޭ ވާހަކަަތައް:

ދީބާޖާއިން ހަދާފައިވާ އެގްރީމަންޓާ ގުޅޭގޮތުން ނަޒީހު ކިޔާ މީީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސްޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނަށް 14.8 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ.
މި މައްސަލައިގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ވެސް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި އަލްހާން ފަހުމީ އާ ގުޅިގެން ބޮޑުވެެގެންވާ ޖަރީމާއެއް ހިންގަމުން އަންނަކަމަށެވެ.

ތައްޔިބަށް ރިޕްލައި ކުރަމުން އަލްހާން ވިދާޅުވެފައިވަނީ "ދީބާޖާ" އަކީ އަލްހާންމެންގެ ލޯފާމުގެ ކްލައިންޓެއް ކަމަށެވެ. ގާނޫނީ ހިދުމަތެއް ސައްހަ ވާނެކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު ކަމެއް ނޫންކަމަށް އަލްހާން ވިދާޅުވެއެވެ.


އެމްޑީޕީގެ ސެކެރެޓަރީ ޖެނަރަލް އަނަސް ވެސް ވަނީ މި މައްސަލަ އަލުން ރިވިއު ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.


ބައެއް މީހުން އަންނަނީ ތަފާތު ހިސާބުތައްވެސް ސޯޝަލް މީޑިއާގައި ޖަހަމުންނެވެ.

ހިޔާލު

ޢަލީ12

ސިއެއެއްއެންގެ މީހުން ސްޕްރީމް ކޯޓާއި އިންނަންވީނު...