Island Aviation ge muvazzafun thakeh isthiufaa dhin vaahaka dhogu koffi
image
އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް--
0 ކޮމެންޓް
 

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންތަކެއް އިސްތިއުފާ ދިން ވާހަކަ ދޮގުކޮށްފި

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ގިނަ އަދަދެއްގެ ސްޓާފުން އިސްތިއުފާ ދިން ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ސީއެންއެމް އަށް ވިދާޅުވީ އެ ކުންފުނީގެ 13 މުވައްޒަފަކު އިސްތިއުފާ ދިން ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

"ކުންފުނި ބަދުނާމު ކުރަން ވެގެން ސޯޝަލް މީޑިއާގައި ފަތުރާ ވާހަކައެއް. އެއް ގޮތަކަށް ވެސް އެހާ ގިނަ އަދަދެއްގެ މުވައްޒަފުން އިސްތިއުފާ ދީގެނެއް ނޫޅޭ،" ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ ކުންފުނީގެ އެތެރެއަށް ގެނައި ބަދަލަކާއެކު ތިން ޕައިލެޓުން އިސްތިއުފާ ދިން ކަމަށެވެ. އެއަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ވަކިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ އައިލެންޑް އޭވިއޭޝަނުގެ 13 އިސް ވެރިޔަކު މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ހިޔާލު