PPM Nuhimana 3 Party akah faisa dhookohffi
image
އީސީގެ ބައެއް މެމްބަރުން
އަހުމަދު
1 ކޮމެންޓް
 

ޕީޕީއެމް ނުހިމަނާ ތިން ޕާޓީއަކަށް ފައިސާ ދޫކޮށްފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ނުހިމަނާ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ތިން ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ފައިސާ ދޫކޮށްފައިވަނީ ސަރުކާރުގެ މައި ޕާޓީ، އަދި މިވަގުތު ރާއްޖޭގައި އޮތް އެންމެބޮޑު ޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދި އެމްޑީއޭ އަށް ކަމުގައެވެ. ފިނޭންސުން ފައިސާ ދޫކުރަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވަނީ ޕީޕީއެމްއާއިއެކު ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ހުޑަހަޅާފައިވާ ކަމުގައެވެ. ނަމަވެސް ފިނޭސުން މިއަދު ބުނީ އިލެކްޝަނުން ފައިސާ ދޫކުރުމަށް ހުށަހަޅާފައިވަނީ ތިން ޕާޓީއެއްގެ ނަމެވެ. އޭގެ ތެރޭގައި ޕީޕީއެމް ނުހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވަނީ މިއަހަރުގެ ބަޖެޓް ފާސްވިއިރު އެ އަދަދަށް މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމުގައެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު ނުވަ ޕާޓީއެއް ރެޖިސްޓްރީ ކޮށްފައި ވެއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް 26.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ.

އެމްޑީޕީއަށް 12 މިލިއަން ރުފިޔާ ލިބޭއިރު، ޖޭޕީއަދި އެމްޑީއޭއަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދީފައެވެ.
އީސީ ސިޔާސީ ޕާޓީ
ހިޔާލު

ހުކް

ޕީ.ޕީއެމް ދެކެ ހާދަ ލޯބިވޭ