PPM ah faisaa dheyn finance ah hushahelhin: Elections Commission
image
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

ޕީޕީއެމަށް ފައިސާ ދޭން ފިނޭންސަށް ހުށަހެޅިން: އިލެކްޝަންސް ކޮމިޝަން

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވެސް ފައިސާ ދޭން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ހުރިހާ ޕާޓީއަކުން ވެސް މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.

ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަކީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

އެކަމަކު އިއްޔެ ފިނޭންސް މިނިސްޓްރީން ފައިސާ ދިނީ ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށެވެ. އެ މިނިސްޓްރީން ބުނީ ޕީޕީއެމަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ އެ ހަތަރު ޕާޓީ އަށް ފައިސާ ދިނުމަށް ފިނޭންސަށް ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވެސް އެވާހަކަ ތަކުރާރު ކުރެއްވި އެވެ.


އެކަމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައި ވަނީ 26.2 މިލިއަން ރުފިޔާ އެވެ. އެއީ އެމްޑީޕީއަށް 12 މިލިއަން ރުފިޔާ، ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ އަދި ޖޭޕީ، އެމްޑީއޭ، ކޮންމެ ޕާޓީއަކަށް ދެ މިލިއަން ރުފިޔާ އެވެ.
ހިޔާލު