Qaumee Arusheef website launch koffi
image
ގައުމީ އަރުޝީފުގެ ވެބްސައިޓު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
0 ކޮމެންޓް
 

ގައުމީ އަރުޝީފުގެ ވެބްސައިޓު އިފްތިތާހުކޮށްފި

ގައުމީ އަރުޝީފުގެ ވެބްސައިޓް އިފްތިތާހުކޮށްފި އެވެ.
އެ ވެބްސައިޓް އިފްތިތާހުކޮށްފައި ވަނީ ވަނީ ބައިނަލްއަގުވާމީ އަރުޝީފު ދުވަހުގެ މުނާސަބަތުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގަ އެވެ. https://archives.gov.mv އިއްޔެ އާންމުންނަށް ހުޅުވާލިއިރު އެއާއެކު ތާރީހީ ލިޔުންތައް އެއްތަނަކުން ފަސޭހައިން ލިބޭނެ އެވެ.


އަރުޝީފުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ގައުމީ އަރުޝީފު އެކަށޭނެ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާގެ ދަށުގައި އިދާރީގޮތުން ގައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް ސަރުކާރުން އުފެއްދީ 1996 ނޮވެންބަރު 6 ގައެވެ.
ހިޔާލު