Dhuvaafaru Futsal Challenge ge 2 vana matchun Dark Park ah molheh
image
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑާކްޕާކްގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ)--
0 ކޮމެންޓް
 

ދުވާފަރު ފުޓްސަލް ޗެލެންޖުގެ ދެވަނަ މެޗުން ޑާކްޕާކަށް މޮޅެއް

ދުވާފަރު ޔޫތް މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ. ދުވާފަރުގައި މިހާރު ކުރިއަށްދާ "ދުވާފަރު ފުޓްސަލް ޗެލެންޖްގައި މިއަދު ޑާކްޕާކް އާއި ދުވާފަރު ޕޮލިސް ޓީމް ބައްދަލުކުރި މެޗް ބޮޑު ތަފާތަކުން ޑާކްޕާކް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަގަޅު ކޮށްފިއެވެ.
މިމެޗް ޑާކްޕާކް ކާމިޔާބު ކޮށްފައިވަނީ 2-6 ގެ ބޮޑު ނަތީޖާ އަކުންނެވެ. ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޑާކްޕާކް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ އެވެ. މިގޯލަށްފަހު ޕޮލިސް ޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް ޑާކްޕާކްގެ ޑިފެންސް ލައިނުންވަނީ އެހަމަލާތައް ދިފާއު ކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑާކްޕާކްއިން ގިނަ ހަމަލާތަކެއް އުފައްދާ އިތުރު ގޯލެއް ވަނީ ކާމިޔާބު ކޮށްފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ. ފުރަތަމަ ހާފް ނިމުނުއިރު 0-2 ގެ ނަތީޖާއަކުން ޑާކްޕާކް ކުރީގައި އޮތްއިރު ދެވަނަ ހާފް ފަށައިގެން އިރު ކޮޅެއް ނުވެ ޑާކްޕާކްގެ ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ އޭނާގެ ދެވަނަ ލަނޑާއެކުވަނީ އެޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. އޭގެ ދެމިނެޓް ފަހުން ޑާކްޕާކް އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިލަނޑާއެކު ޑާކްޕާކްއިން ވަނީ ހަމަޖެހިލާފައެވެ. ނަމަވެސް ޑާކްޕާކްގެ ކީޕަރު ހެދި މިސްޓޭކަކުން ދުވާފަރު ޕޮލިސް ޓީމްގެ ޖާޒީ ނަންބަރު 10 މުޙައްމަދު އަޙްމަދު އެޓީމްގެ ފުރަތަމަ ގޯލު ކަމީޔާބުކުރިއެވެ.

މެޗް ނިމެންދަނިކޮށް ޕޮލިސް ޓީމުން ވަނީ އިތުރަށް ހިތްވަރުކޮށް ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދާ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 5 ޙުސައިން ރަމީލް (ރަންމަ) އެވެ. އެލަނޑާއެކު ޑާކްޕާކްގެ ކުޅުން އިތުރަށް ވަރުގަދަކޮށް ޕޮލިސް ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ.

މިހަމަލާތަކުގައި ޕޮލިސް ޓީމުގެ ކޮޅަށްވަނީ އިތުރު ދެ ގޯލު ވަދެފައެވެ. މިގޯލުތައް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އަދި ޖާޒީ ނަންބަރު 9 އިޔާދު ސަހާޢުއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާކްޕާކްގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ. އޭނާ ވަނީ މިމެޗުގައި ހެޓްރިކްވެސް ހަދާފައެވެ.

މިމުބާރާތުގައި މާދަމާވެސް ވަރުގަދަ މެޗުތަކެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެލަވަން އެޓޭކާސް އަދި ދުވާފަރު ޕޮލިސް ޓީމެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ސިލްވަރ ޔުނައިޓެޑް އަދި ޑާކްޕާކްއެވެ.
ރ.ދުވާފަރު ފުޓްސަލް
ހިޔާލު