PPM ah mi hafthaage therey faisaa dhookurane: Finance Ministry
image
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ބޭއްވި ހިނގާލުމެއް: ފޮޓޯ ފެށުން
1 ކޮމެންޓް
 

ޕީޕީއެމަށް މި ހަފްތާ ތެރޭގައި ފައިސާ ދޫކުރާނެ: ފިނޭންސް މިނިސްޓްރީ

ޕީޕީއެމް އަށް މި ހަފްތާ ތެރޭގައި ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕީޕީއެމް އަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ މިއަދު ކަމަށެވެ. އެހެންކަމުން މިހަފްތާ ތެރޭގައި އެޕާޓީއަށް ފައިސާ ދޫކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޕީޕީއެމް އަށް ފައިސާ ދޫކުރަން ނޭދެވި އޮތީ "ޓެކްނިކަލް" މައްސަލަ އެއް ދިމާވެގެން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ހުރިހާ ޕާޓީއަކުން ވެސް މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.

ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަކީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައި ވަނީ 26.2 މިލިއަން ރުފިޔާ އެވެ. އެއީ އެމްޑީޕީއަށް 12 މިލިއަން ރުފިޔާ، ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ އަދި ޖޭޕީ، އެމްޑީއޭ، ކޮންމެ ޕާޓީއަކަށް ދެ މިލިއަން ރުފިޔާ އެވެ.
ހިޔާލު

އަހުމަދު އިޒް ބެކް

ސާބަހޭ ޑިމޮކްރަސީގެ ބައްޕަ. ފިއްތާފަ ބަހައްޓާ. އިދިކޮޅު އެއްވެސް މީހަކަށް ނޭވާވެސް ލެވުނަ ދީގެން ނުވާނެ. އިންޑިޔާ އޮންނާނީ މި ސަރުކާރާ އެކު. ރައްޔިތަކު ވެސް ބަހެއް ބުނިޔަ ދޭނަކަމެއް ނެތް. މި މީހުންނަށް ބަހެއް ބުނަން ފުރުސަތު ދީފިއްޔާ ސަރުކާރު ވައްޓާލާނެ. އެކަން ވިޔަ ދީގެން ނުވާނެ މިފަހަރު. ވަރަށް ހާލުން މިސަރުކާރު މިގެނައީ.