Kolhigandehgai Kulhudhuffushi 4 geakah gehlun vehje
image
ކޮޅިގަނޑެއްގައި ކުޅުދުއްފުށީ ގެއެއްގެ ބަނބުކެޔޮ ގަސް ވެއްޓި ގެއްލުންވެފައި-- ފޮޓޯ: ކުޅުދުއްފުށީ ލައިވް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކޮޅިގަނޑެއްގައި ކުޅުދުއްފުށީގެ ހަތަރު ގެއަކަށް ގެއްލުންވެއްޖެ

މިއަދު ހދ. ކުޅުދުފުއްޓަށް އެރި ކޮޅިގަނޑެއްގައި އެރަށުގެ ހަތަރު ގެއަކަށް ގެއްލުން ވެއްޖެ އެވެ.
އެރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ސީއެންއެމް އަށް ވިދާޅުވީ، މިއަދު 1:00 ހާއިރު އައި އެ ކޮޅިގަނޑުގައި ދެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލިއިރު ގެއެއްގެ ގޯތި ތެރޭގައި ހެދިފައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވެއްޓި އެގޭގެ އިތުރުން އެތާ ކައިރީ ހުރި ގެއަކަށް ގެއްލުންވި ކަމަށެވެ.

ކޮޅިގަނޑުގައި ގެއްލުންވީ އެރަށު އުތުރު އަވަށުގައި ހުރި ހަތަރު ގެއަށްކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ ފުރާޅު އެއްލާލި ދެ ގޭގެ ސީލިންގަށް ވެސް ވާރޭވެހި ކުޑަކޮށް ގެއްލުންވި ކަމަށެވެ. އެކަމަކު އެދެ ގެއިން މީހުން ބަދަލުކުރާވަރުގެ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެރަށު ކައުންސިލާއި ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ގެއްލުންވި ގެތަކަށް އެހީވަމުންނެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ކ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެގޮތުން އެވްރެޖުކޮށް 23 މޭލާ 29 މޭލަށް ވައިގަދަވި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހިޔާލު