India-Raajje ehbasvunthakuge sababun gaumee salaamathah nurahkaavey: PPM
image
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން-- ފޮޓޯ: މިހާރު
4 ކޮމެންޓް
 

އިންޑިއާ-ރާއްޖެ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވޭ: ޕީޕީއެމް

އަވަށްޓެރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ވަޑައިގެން ދިވެހި ސަރުކާރާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް) އިން ބުނެފި އެވެ.
ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހައިޑްރޯ ގްރަފީ ނުވަތަ ރާއްޖޭގެ ކަނޑުތަކުގެ ސާވޭ ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދަން ވެފައިވާ އެއްބަސްވުމަކީ ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ޓެރިޓޯރިއަލް މައުލޫމާތެއް އެހެން ގައުމަކަށް ހިއްސާކުރެވޭނެ އެއްބަސްވުމެއް ކަމެއް ކަމަށެވެ.

"މިއީ ޒަމާނުއްސުރެ ސަރުކާރުތަކުން ގަސްތުގައި ނުކޮށް ބާއްވާފައި އޮތް މުއާމަލާތެއް. އެއީ މިފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކަމުގައިވާތީ،" ޕީޕީއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާޑަރު ސިސްޓަމްތައް ވެސް ސިފައިންގެ ބާރުގެ ތެރޭގައި އޮންނާނެކަން ޔަގީންކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އިންޑިއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ވަކި ފަރާތަކަށް [އިންޑިއާ އަށް] އިގްތިސާދީ ގޮތުން ބަރޯސާ ވުމަކީ ވެސް ކަންބޮޑުވާކަމެއް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނެ އެވެ.
ހިޔާލު

އަހުމަދު

އެހެންވީމާ އަވަހަށް މުޒާހިރާކުރަންވީ އެެއްުނު.. ޤައުމު ސަލާމަތަކުރުމުގެ ނަމުގައި...

ދައްޔޫދް

ޕީޕީއެމް ގެ ވެރިޔާ ކޮބައިތަ ؟ އަދިވެސް ހޮހަޅައިން ނުކުންނަ ވަރު ނުވަނީތޯ ؟ އަނެއްކާ އަފްގާނިސްތާނުގައި ހުރެގެން ނޫސްބަޔާން ނެރެނީތޯ ؟

ޙަސަނާ

ދެން ޕޕ އިން އެހުރިހާކަމެއް ކުރަންވީނު.

ހިސާނު

އަނެއްހެން ޕީޕީ އެމުން ބުންޏަސް، މީ އަސްލު ކޮންމެވެސް ވަރެއްގެ ކަން ބޮޑުވުން ތަކެއް ހިމެނޭ އެއްބަސް ވުން ތަކެއް!