Pakistange Kureege Raees Zardari Hayyaru Koffi
image
ޒަރުދާރީ ހައްޔަރުކޮށްގެން ގެންދަނީ---
0 ކޮމެންޓް
 

ޕާކިސްތާނުގެ ކުރީގެ ރައީސް ޒަރުދާރީ ހައްޔަރުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފު އަލީ ޒަރުދާރީ ހައްޔަރުކޮށްފިއެވެ.
ޕާކިސްތާނުގެ އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީގެ ލީޑަރުކަން ވެސް ކުރާ ޒަރުދާރީ އިއްޔެ ހައްޔަރުކޮށްފައިވަނީ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިންނެވެ.

ޕާކިސްތާނުގެ ރައީސްކަން 2008 ވަނަ އަހަރުން 2013 ވަނަ އަހަރާ ހަމައަށް ކުރެއްވި ޒަރުދާރީގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަކަރާ ހީލަތް ހަދައިގެން އެތައް 100 މިލިއަން ޑޮލަރެއް ޕާކިސްތާނުން ބޭރު ކުރި ކަމަށެވެ. ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ އަހަރު ހިނގި ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި މުއްސަނދިކަން ނެތް އެތައް ބައެއްގެ ނަމުގައި ފޭކު އެކައުންޓުތަކެއް އުފެއްދުމަށްފަހު އެ އެކައުންޓުތައް ބަންދު ކުރުމުގެ ކުރިން އެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އެ ފައިސާ ޕާކިސްތާނުން ބޭރަށް ވަނީ ފޮނުވާފައެވެ. އެ ފައިސާގެ ޖުމްލަ އަދަދު 400 މިލިއަން ޑޮލަރަށް ވުރެ އިތުރު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

ޒަރުދާރީގެ ޕާޓީން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ކަމަށް ބުނެފައެވެ.

ޒަރުދާރީގެ އިތުރުން އޭނާގެ އަންހެން ކޮއްކޮ ފަރިޔާޒު ތާލްޕޫރުއާ ވެސް ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ދަނީ ސުވާލު ކުރަމުންނެވެ. އެ ތުުމަތުތަކަށް ޒަރުދާރީއާއި އޭނާގެ ކޮއްކޮ ވެސް ވަނީ އިންކާރު ކުރައްވާފައެވެ.
ޕާކިސްތާން
ހިޔާލު