Chris Hemsworth Bollywood ah?
image
ކްރިސް ހެމްސްވޯތް--
0 ކޮމެންޓް
 

ކްރިސް ހެމްސްވޯތް ބޮލީވުޑަށް؟

ހޮލީވުޑްގެ ތަރި ކްރިސް ހެމްސްވޯތް މިހާރު އިންޑިއާގައި މިދިޔަ ހަފްތާގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު، އޭނާ ބޮލީވުޑުން ފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްލައިފި އެވެ.
ކްރިސްގެ އެންމެ ފަހު ފިލްމު "މެން އިން ބްލެކް" ޕްރޮމޯޓު ކުރަން އޭނާ ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. އޭނާއާއެކު އެ ފިލްމުގެ ތަރި ޓެސާ ތޮމްޕްސަން ވެސް އިންޑިއާގައި އުޅުނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 25 އަހަރުގެ ކްރިސް ވަނީ އިންޑިއާއާ ވަރަށް ބޮޑަށް ގަޔާވެފަ އެވެ. އެގޮތުން ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ކޮށްލާފަ އެވެ.

އެކަމާ ބެހޭ ގޮތުން އައިއޭއެންއެސް ނިއުސް އިން ސުވާލު ކުރުމުން ކްރިސް ބުނީ އިންޑިއާގެ ފިލްމެއް ކުޅުމާ ބެހޭ ގޮތުން ބައެއް ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕްރިޔަންކާ ޗޯޕްރާއާއެކު ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. ކްރިސް އާއި އޭނާގެ އަންހެނުން އެލްސާ ޕަޓަކީ އަށް ލިބުނު އަންހެން ދަރިފުޅުގެ ނަމަކީ ވެސް އިންޑިއާ އެވެ.

ކްރިސް ބުނީ އޭނާގެ އަންހެނުން ގިނަ ވަގުތުތަކެއް އިންޑިއާގައި ހޭދަ ކުރި ކަމަށާއި އެދެމީހުންނަށް ވެސް އިންޑިއާ ވަރަށް ކަމުދާ ކަމަށެވެ. އޮސްޓްރޭލިއާ އަށް އުފަން ކްރިސްގެ އެންމެ މަގްބޫލުވި ފިލްމަކީ "ތޯ" އެވެ.
ހިޔާލު