Sarukaarah 7 mass vaa iru natheejaa eh nunerevey: Fuwad
image
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދް ތައުފީގް-- ފޮޓޯ: ވީނިއުސް
3 ކޮމެންޓް
 

އެމްޑީޕީ ވެރިކަމަށް ގެނެސް، މެޖޯރިޓީ ދީގެން ހަތް މަސްވާއިރު ނަތީޖާއެއް ނުނެރެވުނު: ފުއާދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ރައީސް ކަމަށް އިންތިހާބުކޮށް، އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ދީގެން ރައްޔިތުން ތިބިއިރު، ސަރުކާރަށް ފާއިތުވި ހަތް މަހުގެ ތެރޭގައި ނަތީޖާއެއް ނެރެދެވިފައި ނުވާ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދް ތައުފީގް ފާޑުވިދާޅުވެއްޖެ އެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ފުއާދު ވިދާޅުވީ ސަރުކާރަށް ހަތް މަސް ވެގެން ދާއިރު ވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށާއި މިފަހަރު ކަންކަން ނުވެގެން ދައްކާނެ "އެކްސްކިއުޒެއް" ނެތް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ނުވި ކަމެއް ފަހުން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަތް މަސް ދުވަސް ވާއިރު އަދި ހަމަ އެއްވެސް ނަތީޖާއެއް ނުފެނޭ. ރައްޔިތުން މިތިބީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ކަމަށް ހޮވައިގެން، އެމްޑީޕީ އަށް މަޖިލިހުގެ 65 ގޮނޑި (75 އިންސައްތަ) ސުޕަ މެޖޯރިޓީ ވެސް ދީގެން. އެއްވެސް ކަމެއް ނުވެގެން ދައްކާނެ އެކްސްކިއުޒެއް ނުވޭ. މި ދައުރު ގައި ނުވި ކަމެއް ފަހުން ނުވާނެ،" އޭނާ ވިދާޅުވި އެވެ.


ފުއާދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ "މިއީ އަޅުގަނޑު އިންތިޒާރު ކުރާނެ އެންމެ ފަހު ފަސް އަހަރު" ކަމަށާއި "މި ދައުރުގައި ނުވި ކަމެއް ދެން ވާނެ ދައުރެއް ނާންނާނެ" ކަމަށެވެ.

ފުއާދު އެފަދަ ގޮތަކަށް ވާހަކަދެއްކެވީ މި ސަރުކާރުގެ ބައެއް މަސައްކަތްތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

އެގޮތުން ދަރިވަރުންގެ ލޯނު ދިނުމުގައި ކުރިމަތިވި މައްސަލަތަކާއި، ކަރަންޓު ބިލުގެ އަގު ހެޔޮ ނުވުމުގެ މައްސަލަ އާއި، ފްލެޓްގެ ކަންކަން ލަސްވުމާއި، ވަޒީފާތަކުގެ މައްސަލަ ފާހަގަކޮށްފައި ވެއެވެ.
ހިޔާލު

މޯފް

ބަލަ ! ފުވާދޫ ! އެމް.ޑީ.ޕީ އަށް މެޖޯރިޓީ ލިބުނުތާ މިވީ ދެ ހަފުތާ! އެއީވެސ ބަންދު ހަފުތާ އަކާ އެކު.
އެ ލިބުނު ފަސްވަރަކަށް ދުވަހުގެ ތެރޭގައިވެސް 15 ވިއްސަކަށް ކަންތައް ކުރިކަން ނޭނގޭ ފަދަ މީހަކަށް ފުވާދު ވިތީ އީ.ސީގެ ރައީސްކަމުގަިވެސް އެ ނުހުން ނެވުނީ!
ފުވާދޫ! ޖުލައި މަހުގެ މެދެއް ހާތާ އަދި ވިދާޅުވާން ޖެހޭނެ, ތިމަންގެ މުޅި ޢުމުރުގައިވެސް ދެކެވަދައި ނުގަންނަވަމޭ, މިފަދަ އުފެއްދުންތެރި, ހައި ސްޕީޑްގައި އެހާމެ ދެފުށް ފެންނަ, ވަކިފަރާތަކަށް ބުރަ ނުވެ, ރައްޔިތުން އެދޭގޮތަށް ކަންކަން ހިންގާ މަޖުލީހެއް!
އެހާރުން ފުވާދަށް ފެނިވަޑައިގަންނަވާނީ, ފުރިހަމައަށް ހިނގަން ފަށާ ދައުލަތެއް! އިންޝާ ﷲ!
އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ހިނގާތަން!
އިންޝާ ﷲ!

Agriblue

ޢަސްލުގައި އެންމެ ފުރަތަމަވެސް އަހަރެން މިކަމުގައި މާބޮޑެތި އުންމީދުތަކެއް ނުކުރަމެވެ. ޢަސްލުގައި ރާއްޖޭގެސިޔާސީ ނުބައި ވިސްނުންތަކަށް ޖާގަލިބި ގައުމު މިދަނީ ފޫނުބެދޭނެ ވަރުގެ ގެއްލުންތަކާ ކުރިމަތިލަމުން. ޢިންތިހާބީ މަގާމުތަކުގެ ދަހިވެތި ކަމުގައި ނުހަނު ބޮޑެތި ވައުދުތައް ވަމުން. ބޯހިޔާވަހިކަމަށް ހައްލުކުރުރަން މިސިޔާސަތު ކަމަކު ނުދޭ .ހުޅުމާލެ ، ވިލިނގިލި ގުޅިފަޅު އަދި ރަށްރަށުންވެސް ސަރުކާރުން ބިންހިއްކާ ފެނާ ނަރުދަމާ މަގުތައްހަދާފަ ހަމަ ގޯތިދޭންވީ ދެން ސަރުކާރުން ލޯނުލިބޭނެ މަގުތައް ރައްޔިތުންނަށް ހޯދާދިނީމަ ނިމުނީ. ކީއްކުރާ ނާސްތާ ޕްރޮގްރާމެއް. ޜައްޔޮތުންގެ އަތްމަތި ތަނަވަސް ވީމަ އެކަން އަމިއްލައަަށް ކުރާނެ. ޥަޢުދުވަމުންގޮސް ކަމަކު ނުދޭ.....

ޜާ

ފުއާދު ބުންޔަސް ރަނގަޅުވާހަކައެއް ވީ އާ ރަނގަޅުވަނެ އަސްލުވެސް ގައުމެއް ހިންގަން އެގޭނީ އާއްމުދަނީ އެއްވެސް ވައްދަންއެގޭނީ ދަންނަބަޔަކަށް ދެއްތޯ