Instagram ah laan emme reethikoh photo negenee Niyama gai
image
ނިޔާމަ ޕްރައިވެޓް އައިލެންޑް.
1 ކޮމެންޓް
 

އިންސްޓަގްރާމަށް ލާން އެންމެ ރީތިކޮށް ފޮޓޯ ނެގެނީ ނިޔާމާގައި

މަޝްހޫރު ސޯޝަލް މީޑިއާ އިންސްޓަގްރާމަށް ލާން އެންމެ ހިތްގައިމު ފޮޓޯތައް ނެގޭ މަންޒިލަކަށް ރާއްޖޭގެ މަތީ ފެންވަރުގެ ރޮސޯޓެއް ކަމަށްވާ ނިޔާމަ ޕްރައިވެޓް އައިލެންޑް ހޮވިއްޖެ އެވެ.
ލަގްޒަރީ ޓްރެވަލް އެވޯޑްސް އިން ކޮންމެ އަހަރަކު ވެސް އިންތިޒާމުކުރާ "ވޯލްޑް މޮސްޓް އިންސްޓަގްރާމަބަލް އެވޯޑް" ނިޔާމަ އަށް ލިބުނީ 41،000 ވުރެ ގިނަ ވޯޓް ލިބިގެންނެވެ. ދ. އަތޮޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ރިސޯޓަށް އެ އެވޯޑް ލިބުނީ ފޯ ސީޒަން ބާލީ އާ ވާދަކޮށްގެންނެވެ.

"އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބީއާ އެކު، މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި އަޅުގަނޑުމެންގެ ރިސޯޓް މަގުބޫލުވެފައިވާ މިންވަރު ސާފުވެއްޖެ. އަދި އަޅުގަނޑުމެންނަށް ވޯޓް ދިން އެތައް ހާސް މީހުންނަށް ޝުކުރު އަދާކުރަން،" ނިޔާމައިގެ ޖެނަރަލް މެނޭޖަރު ވިދާޅުވި އެވެ.

ދެ ރަށް ހިމެނޭ ގޮތަށް، އެންމެ މަތީ ފެންވަރުގެ ހިދުމަތްތައްދޭ ނިޔާމަ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ވެސް ހިމެނޭ ރިސޯޓެކެވެ.

މިދިޔަ އަހަރު ވެސް މޮސްޓް އިންސްޓަގްރާމަބަލް އެވޯޑް ލިބުނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަނަންތަރާ ކިހަވަށް ރިސޯޓަށެވެ. އެ ރިސޯޓަށް އެ އެވޯޑް ލިބުނީ 120،000 ވުރެ ގިނަ ވޯޓް ލިބިގެންނެވެ.
ހިޔާލު

ގުއިއްޒު

މިރިސޯތުތަކުން ރައްޔިތުންނަށް މި ލިބެނީ ޓެކްސް އަށް ދައްކާއެތިކޮޅު އެކަނި. ހުރިހާ ކަމަކަާ އުފަލެއް އޮތީ ތިހިންގާ ބަޔަކަށް ދެއްތޯ