Gehligen hoadhan iulaanukuri Cycle eh Facebook gai vihkan jahaafai!
image
ގެއްލިގެން ފުލުހުން ހޯދަން އިއުލާނުކުރި ސައިކަލެއް ފޭސްބުކް ޕޭޖުގައި ވިއްކަން ޖަހާފައި--
0 ކޮމެންޓް
 

ގެއްލިގެން ހޯދަން އިއުލާނުކުރި ސައިކަލެއް ފޭސްބުކްގައި ވިއްކަން ޖަހާފައި!

ގެއްލިގެން ހޯދަމުންދާ ސައިކަލެއް ފޭސްބުކް ޕޭޖެއްގައި ވިއްކަން ޖަހާފައި އޮއްވާ ފެނިއްޖެ އެވެ.
ބާ ޖަމާލުއްދީން ސްކޫލު ކުރިމަތިން ގެއްލުނު ޔަމަހާ ނޮއުވޯ ސައިކަލު ހޯދުމަށް މިއަދު ފުލުހުން ވަނީ އާއްމުންގެ އެހީތެރި ކަމަށް އެދިފަ އެވެ.

ފުލުހުން ބުނީ، ރޭ 1:46 ގައި އެ ސައިކަލު ގެއްލިގެން ރިޕޯޓުކުރިއިރު ގެއްލިގެން ހޯދަމުންދަނީ ގަދަ ރަތް ކުލައިގެ ސައިކަލެއް ކަމަށާއި ސައިކަލުގެ ނަންބަރަކީ P1368 ކަމަށެވެ.


އެ ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އެންގުމަށް ވެސް އެދިފައިވަނިކޮށް ރޭގެ ވަގުތެއްގައި މީހަކު ވަނީ އެ ސައިކަލު ވިއްކާލުމަށް ފޭސްބުކްގައި ޖަހާފަ އެވެ.

ސައިކަލު ނަމްބަރާއެކު ސޯޝަލް މީޑިއާގެ ވިޔަފާރި ފޭޖުތަކަށް ސައިކަލުގެ ފޮޓޯ ހިއްސާކޮށް އެމީހާ ބުނީ އެއީ 15000 ރުފިޔާއަށް ވިއްކާ ސައިކަލެއް ކަމަށެވެ. ފޯނު ނަމްބަރު ޖެހުމަށް ފަހު ޓެސްޓް ރައިޑަކަށް ގުޅުމަށާއި ސައިކަލުގެ ކޮންޑިޝަން ވެސް ރަނގަޅު ވާނެ ކަމަށް އެމީހާ ލިޔެފައިވެ އެވެ.

އެހާ އަގުހެޔޮކޮށް ސައިކަލު ވިއްކަނީ ކީއްވެތޯ ބައެއް މީހުން ސުވާލުކުރުމުން އޭނާ ވަނީ އެހެން ސައިކަލެއް ގަތުމަށް ފައިސާ ބޭނުންވެގެން ވިއްކާލަނީ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ފަހަކަށް އައިސް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ފުލުހުން ސައިކަލު
ހިޔާލު