ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ވިޔަފާރި
/
އިގްތިސާދު
މީރާ: މެއި މަހު އާމްދަނީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބުނު.
11 ޖޫން 2019
0 ކޮމެންޓް
Tweet
މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 3.4 ޕަސެންޓް އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެކަމަކު އެ އަދަދަކީ މި އަހަރުގެ މެއި މަހު ލިބޭނެކަމަށް މީރާ އިން ކުރިން ލަފާކޮށްފައި އޮތް އަދަދަށް ވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ މި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ އިތުރުވީ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 36.3 ޕަސެންޓް އިތުރުވުމުން ކަމަށެވެ. އަދި ކުރިން ލަފާކޮށްފައި އޮތް ވަރަށް ވުރެ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށް މީރާ އިން ބުނެ އެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 666.9 މިލިއަން ރުފިޔާ ލިބުނު އިރު ބީޕީޓީގެ ގޮތުގައި 95.4 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 77.7 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި 64.8 މިލިއަން ރުފިޔާގެ އިތުރުން އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 64.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އިިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 116.6 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާ އިން ބުނެ އެވެ.
ގުޅުންހުރި
ދައުލަތުގެ މާލިއްޔަތު
ޓެކްސް
މީރާ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ކުޑަކުދިންގެ މައްސަލަތަކުގައި މުއައްސަސާތަކުން އަމަލުކުރަނީ ހަރުދަނާ ގޮތެއްގައެއް ނޫން
12 މިނެޓު ކުރިން
ނުވަލައްކަ ރުފިޔާ ދައްކަން ނިހާންގެ މައްޗަށް ހުކުމްކޮށްފި
19 މިނެޓު ކުރިން
މަސްވެރިންގެ އަގު ވަޒަން ނުކޮށް ގައުމަށް ކުރިއެރުމެއް ނެތް: ޣައްސާން
51 މިނެޓު ކުރިން
މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4141 މީހުން ރިޕޯޓުކޮށްފި
1 ގަޑިއިރު ކުރިން
ޑައިލެސިސް ސެންޓަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރާނަން: އަހުމަދު ސައީދު
2 ގަޑިއިރު ކުރިން