PPM PG leader akah Saleem
image
އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި--
0 ކޮމެންޓް
 

ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކޮށްފި އެވެ.
ސަލީމް އެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ މަޖިލީހުގައި ޕީޕީއެމް ތަމުސީލު ކުރާ މެމްބަރުންގެ އިއްތިފާޤުންނެވެ. ސަލީމާއެކު ޕީޕީއެމް ގައި މަޖިލިސް ތަމްސީލް ކުރައްވަން ތިއްބެވީ ފަސް މެންބަރުންނެވެ.

ސަލީމަކީ 18 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް އޭދަފުށީ ދާއިރާ ތަމްޞީލް ކުރެއްވި މެމްބަރެވެ.

ސަލީމަކީ ޕީޕީއެމް އިން މަޖިލިސް ތަމްސީލް ކުރުމުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާ ކާރު އެއް މެންބަރުވެސް މެއެވެ.
ހިޔާލު