Fire vehicle halaakuve Kaadehdhoo Airport ge Runway bandhukohfi
image
ގދ. ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީ ހަލާކުވެފައި-- ފޮޓޯ: އަޒަމް މުހައްމަދު
1 ކޮމެންޓް
 

ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފި

ގދ. އަތޮޅުގައި އޮންނަ ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައި ވަނީ އެތަނުގައި ބޭނުން ކުރަމުން އަންނަ ފަޔާ ލޮރީ ހަލާކުވެގެންނެވެ. އެހެންވެ މިއަދު ހެނދުނުން ފެށިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓިފަ އެވެ.

ރަންވޭ ބަންދުކޮށްފައި ވާތީ މިއަދު ކާޑެއްދޫ އެއާޕޯޓުގައި ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް ވެސް އަނބުރާ ދިޔަ ކަމަށް ވެއެވެ.

ހަލާކުވި ފަޔާ ލޮރީ ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެމައްސަލާގައި ރީޖަނަލް އެއާޕޯޓުގެ ބަހެއް ނުލިބެ އެވެ.
ކާޑެއްދޫ އެއާޕޯޓް
ހިޔާލު

ރާޖް

ކާޑެއްދޫ އެއަރޕޯޓުގައި މާވަރުލު އެއަރޕޯޓަށް ގެނައި ފަޔަރޓްރަކް އާއި އެކްސްރޭ މެޝިން އޮތީ ކީއްވެގެންބާ؟ ރީޖަނަލް އެއަރޕޯޓް އިން ކޮން ޖަރީމާއެއްބާ މިހިންގަނީ