Bill boduvee current beynunkuri minvaru ithuru vumun: Stelco
image
ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ސްޓެލްކޯ
1 ކޮމެންޓް
 

ބިލް ބޮޑުވީ ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން: ސްޓެލްކޯ

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މާލޭގެ ކަރަންޓް ބިލްތައް ބޮޑުވީ، ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށް ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއަ މެނޭޖާ އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރެއްގައި ވެސް މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އާދަޔާ ހިލާފަސް ހޫނު ގަދަވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މުއްދަތުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވެސް ބޮޑުތަނުން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މާޗް މަހުގެ ކުރިން މާލޭގައި ކަރަންޓް ބޭނުން ކުރި މިނަވަރާއި، ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ އިތުރުވި މުއްދަތުގައި ކަރަންޓް ބޭނުންކުރި މިންވަރު ސްޓެލްކޯ އިން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ޖެނުއަރީގައި 27 މިލިޔަން ޔުނިޓް، ފެބްރުއަރީގައި 28 މިލިޔަން ޔުނިޓް އަދި މާޗް މަހު 29 މިލިޔަން ޔުނިޓްގެ ކަރަންޓް ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެ އަދަދު އޭޕްރީލް މަހު ވަނީ 33 މިލިޔަން ޔުނިޓަށް އަދި މެއި މަހު 34 މިލިޔަން ޔުނިޓަށް އިތުރުވެފައި ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް އަދި މެއި މަހާ އަޅާ ބަލާއިރު ވެސް މި އަހަރުގެ އެ މުއްދަތުގައި ކަރަންޓް ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް އައި މެދި މަހު ބޭނުންކޮށްފައިވަނީ ކޮންމެ މަހަކު ވެސް 28 މިލިޔަން ޔުނިޓުގެ ކަރަންޓެވެ.

މާޗް މަހު ސަރުކާރުން ވަނީ ކަރަންޓްގެ އަގުތަކަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޑޮމެސްޓިކް އާއި ބިޒްނަސް ޓެރިފަތައް އެއްހަމަ ކޮށްފައި ވެއެވެ. އެކަމަކު އެ ބަދަލުތަކަކީ ހުރިހާ ރައްތަކެއްގައި ކަރަންޓް ހިދުމަތުގެ އަގު އެއްހަމަ ކުރުމަށް ގެނައި ބަދަލުތަކެއް ކަމުން، އެ ބަދަލުތަކަކީ މާލޭ ސަރަހައްދުގެ ކަރަންޓް ބިލުން ފެންނާނެ ބަދަލުތަކެއް ނޫނެވެ.

ތިން ވަނަ ބަދަލެއްގެ ގޮތުގައި މާޗް މަހު ގެނެސްފައިވާ ބަދަލަކީ ޑީސަލް ޑިސްކައުންޓް އެވެ. އެއީ ޑީސަލުން ނަގަމުން ދިޔަ ފަސް ޕަސެންޓްގެ އިމްޕޯޓް ޑިއުޓީ ސަރުކާރުން ކަނޑާލުމުން ދޭން ފެށި ޑިސްކައުންޓެކެވެ. މާލޭގެ ބިލްތަކުން އެ ބަދަލު ފެންނާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ހިޔާލު

ކަރަންޓޭ

ރައްޔިތުން ލައްވާ އަވްގުރާނަ ގޮއްވަން ނޫޅޭ