Customs medhuverikoh dhaulathah libunu aamdhanee ithuruvehje
image
ކަސްޓަމްސް: މެއި މަހު ލިބުނު އާމްދަނީ 15 ޕަސެންޓް އިތުރުވި.
0 ކޮމެންޓް
 

ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މެއި މަހުގެ ތެރޭގައި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 15 ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނީ 236 މިލިޔަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 271 މިލިޔަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އާމްދަނީގެ އިތުރުން މެއި މަހު ރާއްޖެ އަށް އެތެރެކުރި މުދަލުގެ އަގު ވެސް މިދިޔަ އަހަރުގެ މެއި މަހު އެތެރެކުރި މުދަލުގެ އަގާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރުވެފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 3.5 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކުރި އިރު، މި އަހަރުގެ މެއި މަހު އެ އަދަދު އުޅެނީ 3.6 މިލިޔަން ރުފިޔާގަ އެވެ.

މެއި މަހު ރާއްޖޭން ބޭރުކުރި މުދާ ވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު205 މިލިޔަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކުރި އިރު، މި އަހަރުގެ މެއި މަހު އެ އަދަދު އުޅެނީ 232 މިލިޔަން ރުފިޔާގަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރުންނެވެ. އަދި އެންމެ ގިނައިން މުދާ ބޭރު ކޮށްފައިވަނީ ތައިލޭންޑް، ޖަރުމަން އަދި ފްރާންސް އަށެވެ.
ހިޔާލު