Beysfaruvaa ah raajje in beyrah dhiumuge huhdha adheeba ah dheefi
image
އަހުމަދު އަދީބް: ފޮޓޯ ވީނިއުސް
2 ކޮމެންޓް
 

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަދީބަށް ދީފި

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދީފިއެވެ.
ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ އެގޮތަށް މެޑިކަލް ބޯޑުން ނިންމާފައިވާތީކަމަށް އެ ސާވިސްއިން ބުނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ މޭމަހުގެ 30 ވަނަ ދުވަހު ބާތިލުކޮށްފައެވެ.

އެއާ އެކު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުވެ، ޖަލު ބަންދުން މި ވަނީ ވީއްލިފަ އެވެ.

އެހެން ނަމަވެސް އޭނާ އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލުކުރީ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކުރަމުން އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ. އެއީ އަލުން ބެލުމަށްޓަކައި ބާތިލުކުރި އަށް އަހަރުގެ ހުކުމުގެ އިތުރުން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމެއް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ. އެ ތިން ހުކުމުގައި ޖުމްލަ 33 އަހަރު ޖަލުގައި ހޭދަކުރަން ޖެހެއެވެ.
ހިޔާލު

އަހުމަދު

މިއީމައްސަލައަކީ މިބޮޑުޚިޔާނަތްތެރިޔާ މިނިވަންވީ ދެނެއްތިޔަމީހާ ނުގެނެވޭނެ. ގުޅިފައިތިބިމީހުންނޭގޭ ބަޔަކު މިޤައުމަކުނެތް. ޑޮލަރ ދަބަސްތައް އުފުލިމީހުންވެސް ތިބީ ރާއްޖޭންބޭރުގައި... މުޅިބައިތުލްމާލު ދަވާލާފަ ދެން މިފައިސާ ހޯދާނެގޮތެއްވާނެބާ .... ކޮރަޕްޝަން ޒީރޯވެފައި ދެންތިއްބަވާ !

ބޮނޑިބަތް

އަދީބު ފިލަން ފުރުސަތުދިނުމަކީ ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. ދިވެހިރައްޔިތުންނަށް ވެވޭ ބޮޑުހިޔާނާތެކެވެ، އަދީބުގެ ހިޔާނާތުގަ ސަރުކާރުން ބައިވެރިވުމެވެ. ޢަހަރެމެން އިބޫ އަށް ވޯޓުދިނީ މިގޮތަށް ކަންކުރާކަށްނޫން، ދައުލަތުން ވައްކަންކުރި މީހުނަށް ހައްޤުއަދަބުދީ، ހިޔާނަތްވި ފައިސާތަށް ހޯދުމަށް. ކަންކަން ހަމަ މަގަށް އަޅުވާ އިންސާފު ގާއިމްކުރަން، އިބޫގެ ޒީރޯ ޓޮލަރެންސް އަކީ މީތޯ...މިއޮތީވާ ޤައުމެއް ރަނގަޅު އެކަކުވެސް ނޫޅޭ