PSM in MasterChef fashany
image
0 ކޮމެންޓް
 

ޕީއެސްއެމްއިން "މާސްޓާ ޝެފް" ފަށަނީ

ޕަބްލިކް ސާވިސް މީޑިއާއިން ކެއްކުމުގެ އެންމެ މަގުބޫލު ފްރެންޗައިޒް ޝޯކަމުގައިވާ މާސްޓާ ޗެފް ފަށަން ނިންމައިފިއެވެ.
ޕީއެސްއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާސްޓާ ޗެފް ފެށުމަށް ނިންމާފައިވަނީ މޯލްޑިވިއަން އައިޑަލް ފަދަ މަގުބޫލު ދުނިޔޭގެ ފެންވަރުގެ ޝޯތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެ ކުންފުނީގައި ހުރުމުންކަމަށެވެ.

"ޕީއެސްއެމްގެ ޗެނަލްތަކުން ވަނީ ގައުމުގެ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމަށް އެތައް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި،" ޕީއެސްއެމްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށްވާއިރު، އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ހޮޓެލް އިންޑަސްޓްރީ ވެސް އިތުރަށް ކުރިއެރުވުމަށްކަމަށެވެ. އަދި މިހާރު ގިނަ ހޮޓޯތަކުގައި ކައްކާއިންގެ ގޮތުގައި ތިބީ ބިދޭސީންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

"މާސްޓާ ޝެފް ފެށުމުގެ ބޭނުމަކީ ހުނަރުވެރި ދިވެހި ކައްކާއިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން. މިއީ އަންހެނުންނާ ފިރިހެނުންނަށްވެސް ހުޅުވާލެވިފައިވާ ކަމެއް،"

މާސްޓާ ޝެފް ޕްރޮގްރާމު އެންމެ ފުރަތަމަ ފެށީ އިންގިރޭސި ވިލާތުގައި 1990 ވަނަ އަަހަރުއެވެ. އަދި އިނގިރޭސި ވިލާތުން ބޭރުގައި އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2009 ވަަނަ އަހަރު މާސްޓާ ޝެފް އޮސްޓްރޭލިއާ ނަމުގައި އޮސްޓްރޭލިއާގައެވެ. އަދި އޭގެ ފަހުން އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފްރެންޗައިޒްގެ ގިނަ ޝޯތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

ދިވެހިން ޕީއެސްއެމް
ހިޔާލު