Adeeb furan huhdha dhin massalaiga Prisons Commissioner Majlihah haaziru kuranee
image
ޕްރިޒަންސް ކޮމިޝަނާ އަބްދުﷲ މުނާޒް-- ފައިލް ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

އަދީބު ފުރަން ހުއްދަ ދިނުމުން ޕްރިޒަންސް ކޮމިޝަނަރު މަޖިލިހަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ދިން މައްސަލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން ކުއްލި މައްސަލައެއް ވައްދައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބު ފުރައިގެން ދިޔުމަށް ހުއްދަ ދިން އިރު، އޭނާ ފުރައިގެން ނުދާނެކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތައް ސާފު ކުރަން ޕްރިޒަންސް ކޮމިޝަނަރު ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

އެ ކުއްލި މައްސަލަ ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. މަޖިލިހަށް ހާޒިރުވެ ތިއްބެވީ 58 މެމްބަރުންނެވެ.

އެ މައްސަލަ ބަލައިގަންނަ ފާސް ކުރުމާއެކު އެކަމާ ބެހޭ ގޮތުން މަޖިލިހުގެ ތަޅުމުގައި މިހާރު ގެންދަނީ ބަހުސް ކުރަމުންނެވެ.
ހިޔާލު

އިހުސާނާ

މި މުނާޒު ހާޒިރު ކުރަން ޖެހޭ! ވަރަށް ތިމާ އަށް ތިމާ ފެނިގެން އުޅުނު މީހެއް މީ ކުރިން ރަންވިއްކާ އާދަނިކު ދަރިޔަކާ އިނދެގެން އުޅުނު އިރު!