7 rashehge magu hedhumuge design ah badhaluthakeh genesfi
image
ތިނަދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ހަތް ރަށެއްގެ މަގު ހެދުމުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ހަތް ރަށެއްގެ މަގު ހެދުމުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ ހަތް ރަށަކީ ހދ. ހަނިމާދޫ އާއި ރ. އުނގޫފާރު އަދި ބ. އޭދަފުއްޓާއި ރ. ދުވާފަރުގެ އިތުރުން ސ. ހުޅުމީދޫ އާއި ފުވައްމުލަކެވެ.

އެމްޓީސީސީން ބުނީ، ހަތް ރަށެއްގެ މަގުތައް ހެދުމުގެ ޑިޒަނަށް ބަދަލު ގެންނަން ނިންމީ ތަޖުރިބާ އަށް ބަލައި މަޝްރޫއުތަކުގެ ފެންވަރު ރަނގަ ޅުކުރުމުގެ ގޮތުން ކަމަށެވެ.

ހަތް ރަށުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

މަގު ހެދުމުގެ ޑިޒައިނަށް ބަދަލު ގެންނަ ރަށްތައް:

- ހދ. ހަނިމާދޫ - 46.7 މިލިއަން ރުފިޔާގެ މަޝްރޫއު
- ރ. އުނގޫފާރު - 19.3 މިލިއަން ރުފިޔާގެ މަޝްރޫއު
- ބ. އޭދަފުށީ - 19.1 މިލިއަން ރުފިޔާގެ މަޝްރޫއު
- ރ. ދުވާފަރު - 28.2 މިލިއަން ރުފިޔާގެ މަޝްރޫއު
- ސ. ހުޅުމީދޫގެ - 32.7 މިލިއަން ރުފިޔާގެ މަޝްރޫއު
- ށ. ފޮނަދޫ - 32.7 މިލިއަން ރުފިޔާގެ މަޝްރޫއު
- ފުވައްމުލައް - 32 މިލިއަން ރުފިޔާގެ މަޝްރޫއު

އެ ރަށްތަކުގެ މަގު ހެދުމުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.
މަގުތައް އެމްޓީސީސީ
ހިޔާލު