Kaadehdhoo airport ge operation thah alun fashaifi
image
ކާޑެއްދޫ އެއާޕޯޓު--
0 ކޮމެންޓް
 

ފަޔާ ވެހިކަލް މަރާމާތު ކުރުމަށްފަހު ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ކާޑެއްދޫ އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލަ ޙައްލު ކުރުމަށްފަހު އެ އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު ސީއެންއެމް އަށް މިއަދު ވިދާޅުވީ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލަ، ވަގުތުން ޙައްލު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ޙައްލު ކުރުމަށްފަހު ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮޕަރޭޝަންތައް އިއްޔެ ހުއްޓާލުމާއި ގުޅިގެން ކާޑެއްދޫ އަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ހުރިހާ ބޯޓެއް ގއ. ކޫއްޑޫ އަށް އޮޕަރޭޓް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ގއ. އާއި ގދ. އާ ދެމެދު ދަތުރު ކުރާ ފަސިންޖަރުންނަށް ލޯންޗު މެދުވެރިކޮށް ދަތުރު ކުރެވޭނެ މަގު ރީޖަނަލް އެއާޕޯޓްސް އިން އިއްޔެ ހަމަޖއްސި ކަމަށެވެ.

ކާޑެއްދޫ އަށް ދަތުރުތައް ބާއްވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަންޏެވެ.
ކާޑެއްދޫ އެއާޕޯޓް
ހިޔާލު