Bappa ge faraathun libunu jinsee goanaa report kurin kujjaku ehen bayehge shikaara akah!
image
1 ކޮމެންޓް
 

ބައްޕަގެ ޖިންސީ ގޯނާ ރިޕޯޓު ކުރި ކުއްޖަކު އެހެން ބައެއްގެ ޝިކާރައަކަށް!

ބައްޕަގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ ގޯނާ އަމިއްލަ އަށް އަންހެން ކުއްޖަކު ރިޕޯޓު ކުރުމުން، އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެހެން ބަޔަކު ވެސް އޭނާ އަށް ޖިންސީ ގޯނާކޮށްފި އެވެ.
އއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާ ކުރާ މައްސަލަ ހުށަހެޅީ އެ ކުއްޖާ އަމިއްލަ އަށް ފުލުހުން ކައިރިއަށް ގޮހެވެ.

އެ މައްސަލައިގެ ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު ބަޔަކު އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ރާއްޖޭގެ ނޫހަކު މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަފްސާނީ ބައްޔެއް ހުންނަ އެ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން އޭނާ އަށް ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަކި ދެ މައްސަލައެއްގެ ގޮތުގައި ބައްޕަ ޖިންސީ ގޯނާ ކުރި މައްސަލަ އާއި އެހެން ބަޔަކު އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަމުންދާ ކަމަށެވެ.

އެކަމަކު އެ ދެ މައްސަލައިގައި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެއެވެ.
ހިޔާލު

މޯޑުސް

ތިކުއްޖާވެސް ކަޅު ބުރުގާ އަޅުވާފަ ފޮއްޓަކަށް ލީނަމަ ތިހެން ނުވާނޭ މިއުޅޭ މީހުން ބުނާނީ. ގޮތެއް ފޮތެއް ދިވެހިންގެ ކިބައިގައި ނެއް. ޖާހިލު ޒަމާނު މީހުންނަށްވުރެ ވެސް ގޯސް