Current bill ge shakuvaa ah haassa counter eh STELCO ga
image
ކަރަންޓު ބިލުގެ ޝަކުވާކުރަން ސްޓެލްކޯގައި ހާއްސަ ކައުންޓަރެއް ގާއިމުކުރުން-- ފޮޓޯ: ސްޓެލްކޯ
0 ކޮމެންޓް
 

ކަރަންޓު ބިލުގެ ޝަކުވާތަކަށް ހާއްސަ ކައުންޓަރެއް ސްޓެލްކޯގައި

ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައި ވާތީ އެ ޝަކުވާތައް ބަލައިގަންނަން ހާއްސަ ކައުންޓަރެއް ސްޓޭޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ގާއިމުކޮށްފި އެވެ.
ސްޓެލްކޯގެ މައި އޮފީހުގައި ގާއިމުކޮށްފައިވާ އެކައުންޓަރުގެ ބޭނުމަކީ ކަރަންޓް ބިލާއި ގުޅިގެން އާއްމުންގެ ތެރޭގައި ހުރި ޝަކުވާތައް ބަލައިގަނެ، މައުލޫމާތު ސާފުކޮށްދިނުމެވެ.

މިދިޔަ ދެ ތިން މަސް ދުވަހުގައި ކަރަންޓު ބިލު ދެގުނައަށް ބޮޑުވެފައިވާ ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކަރަންޓް ބިލުތައް ބޮޑުވީ ހޫނު ގަދަވުމާއި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށް ބުނެފަ އެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ނަގަނީ ކިހިނެއްކަން ވެސް އިއްޔެ ހާމަކޮށްފަ އެވެ. އަދި އެކަމުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ކަރަންޓް ސްޓެލްކޯ
ހިޔާލު