9 rashehge fenaai narudhamaage masakkaiy 3 kunfunyakah
image
ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްކުރަން ތިން ކުންފުންޏަކަށް ހަވާލުކުރުން-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0 ކޮމެންޓް
 

ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ތިން ކުންފުންޏަކަށް

ނުވަ ރަށެއްގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރުމަށް ތިން ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ކުރަނީ ބ. ހިތާދޫ އާއި ރ. ރަސްގެތީމާއި އެއަތޮޅު ވާދޫގެ އިތުރުން ށ. ކޮމަންޑޫ އާއި އެއަތޮޅު ފޯކައިދޫ ހިމެނެ އެވެ. އަދި ށ. ކަނޑިތީމާއި އެއަތޮޅު މަރޮށީގެ އިތުރުން ތ. އަތޮޅު، ކަނޑޫދޫ އާއި ވަންދޫ ވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން ހިތާދޫ އާއި ރަސްގެތީމު އަދި ފޯކައިދޫ އާއި ކަނޑިތީމުގެ އިތުރުން ވަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑަށެވެ.

ވާދޫ އާއި ކަނޑޫދޫ އަދި ކޮމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓާ އިންޖިނިއަރިން ސާވިސްއާ ހަވާލުކުރިއިރު މަރޮށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ސްޓެޓިކް ކުންފުންޏާ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެމަޝްރޫއުގެ ދަށުން ހިތާދޫ އާއި ރަސްގެތީމު އަދި ފޯކައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާ ގުޅުން ހިމެނޭ ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއި ކުރެއްވިއިރު މޯހަން މުތާ އެކްސްޕޯޓްސް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ކޭ. އާރު. ސާޖީ އެވެ.

އެ މަޝްރޫއުގެ ދަށުން ކަނޑިތީމުގައި ފެނުގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، އަދި ގޭގެއަށް ފެން ގުޅައިދޭނެއެވެ. އަދި ވަންދޫ އާއި ވާދޫގެ އިތުރުން ކޮމަންޑޫ އާއި މަރޮއްޓާއި ކަނޑޫދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާ ގާއިމު ކުރުން ހިމެނެ އެވެ.

ވާދޫ އާއި ކަނޑޫދޫ އަދި ކޮމަންޑޫ އެއްބަސްވުމުގައި ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޒީނިޔާ އެވެ. އަދި އެތިން ރަށުގައި މަޝްރޫއު ހިންގުމަށް ހަވާލުކުރި އަޒްރޯވާ މޯލްޑިވްސް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ހިވާޖް މަހިންދްރަ މަދޫސަންކާ ކަރުނަ ރަތްނޭ އެވެ.

މަރޮށީ ގައި ހިންގުމަށް ނިންމި މަޝްރޫއުގައި ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޒީނިޔާ ސޮއި ކުރެއްވިއިރު ސްޓެޓިކް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝަހުދު އަހުމަދެވެ.

މަސައްކަތުގެ އަގާއި މަސައްކަތް ނިންމަން ޖެހޭ ތާރީހު:

1 - ހިތާދޫ - ކޮންޓްރެކްޓް އަގު: 35.3 މިލިއަން ރުފިޔާ
2 - ރަސްގެތީމް - ކޮންޓްރެކްޓް އަގު: 16.9 މިލިއަން ރުފިޔާ
3 - ކަނޑިތީމް - ކޮންޓްރެކްޓް އަގު: 17.9 މިލިއަން ރުފިޔާ
4 - ވަންދޫ - ކޮންޓްރެކްޓް އަގު 20.8 މިލިއަން ރުފިޔާ
5 - ވާދޫ - ކޮންޓްރެކްޓް އަގު: 19.2 މިލިއަން ރުފިޔާ
6 -ކޮމަންޑޫ - ކޮންޓްރެކްޓް އަގު: 23.5 މިލިއަން ރުފިޔާ
7 - މަރޮށި - ކޮންޓްރެކްޓް އަގު: 35.3 މިލިއަން ރުފިޔާ
8 - ކަނޑޫދޫ - ކޮންޓްރެކްޓް އަގު: 19.2 މިލިއަން ރުފިޔާ
9- ފޯކައިދޫ - ކޮންޓްރެކްޓް އަގު: 16.9 މިލިއަން ރުފިޔާ

މިއަދު ހަވާލުކުރި އެ ނުވަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެ ތިން ކުންފުންޏަށް ވެސް ހަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހިޔާލު