Vagah negi thijooreega huri baeh faisaa fenijje, 3 meehun bandhu
image
ވަގަށް ނެގި ތިޖޫރި-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

އައްޑޫ އެޕޯލޯ ފިހާރައިން ވަގަށް ނެގި ތިޖޫރީގައި ހުރި ބައެއް ފައިސާ ހޯދާ، ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިދަތޫ އެޕޯލޯ ފިހާރަ މޭ 31 ވަނަ ދުވަހުގެ ރޭ ފަޅާލައި، ވަގަށް ނެގި ތިޖޫރީގައި ހުރި ބައެއް ފައިސާ ހޯދުމަށްފަހު ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްގެން ވަދެ ތިޖޫރި ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މޭ 31 ވަނަ ދުވަހުގެ ހެނދުނު 06:22 ހާއިރެވެ. އެ ތިޖޫރި ވަގަށް ނެގިއިރު އޭގައި ހުރީ 1200 އެމެރިކާ ޑޮލަރާއި، 27،704 ދިވެހި ރުފިޔާ އެވެ.

ފުލުހުން އެދުވަހު ތިޖޫރި ހޯދި އެވެ. އެކަމަކު އޭތި ހޯދިއިރު، އޭގައި އެއްވެސް ފައިސާއެއް ނެތެވެ. ފުލުހުން ކުރި ތަހުގީގުން ވަނީ އޭގައި ހުރި ފައިސާއިން ބައެއް ހޯދާފަ އެވެ.

އެގޮތުން ފެނިފައި ވަނީ 14،000 ދިވެހި ރުފިޔާ އާއި 1200 ޑޮލަރެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 19 އަހަރާއި، 26 އަހަރާއި، 20 އަހަރުގެ ތިން މީހުންނެވެ.

އެމީހުން ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ހިޔާލު