Kujjakah jinsee goanaa kuri meehaku hayyaru nukurevi gina dhuvas vanee!
image
0 ކޮމެންޓް
 

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ނުކުރެވި ގިނަ ދުވަސް ވަނީ!

އއ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ނުކުރެވި ދިގު ދެމެމުން އެބަ ދެއެވެ.
އެނގިފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގު ފުލުހުން ފެށިތާ ދެހަފްތާ ފަހުން އެމީހާ އަދިވެސް ދޫކޮށްފައި ހުރީ ބައެއް ޑޮކިޔުމެންޓުތައް ނުލިބި ލަސްވާތީ އެވެ.

އެކަމާ ބެހޭ ތަފްސީލެއް ނުލިބެ އެވެ. އުމުރުން 57 އަހަރުގެ އެ މީހާގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހެޅީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

އެ މީހާ ގެންގުޅޭ މޮބައިލް ފޯނާއި، ޑިޖިޓަލް ވީޑިއޯ އަދި ފޮޓޯ ރައްކާ ކުރާ ޑިވައިސް، އަދި އިލެކްޓްރޯނިކް ސާމާނުތައް ބަލާ ފާސް ކުރުމުގެ އަމުރެއް ވެސް ފުލުހުން ހޯދި އެވެ.

އއ. އަތޮޅުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާ ކުރުމުގެ އަމިއްލަ އަށް ގޮސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރުމުން، ތަހުގީގު ކުރިއަށް ދަނިކޮށް އެހެން ބަޔެއްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް އެ ކުއްޖާވީ މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ.
ހިޔާލު