Adheeb India ah dhaany hafthaa akaha: Imran
image
2 ކޮމެންޓް
 

އަދީބު އިންޑިއާއަށް ދަނީ ހަފްތާއަކަށް: އިމްރާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާ އަށް ވަޑައިގަންނަވާނީ ހަތް ދުވަހަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރަން ވިދާޅުވީ އަދީބު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 14 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހަށްކަމަށެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޓިކެޓްވެސް ނަގާފައިވާކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"އަދީބު އިންޑިއާއަށް ވަޑައިގެން ފަރުވާ ނިމުމުން އަލުން އަނބުރާ ރާއްޖެ ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދީބު އަލުން އަނބުރާ ރާއްޖެ ގެނައުން "ފެއިލްވެއްޖެ" ނަމަ އެކަން ވެގެންދާނީ މުޅި ދިވެހި ސަރުކާރުގެ ފެއިލްވުމަކަށް ކަމަށެވެ.

"ކޮމިޝަނާ ވެސް އެ ވިދާޅުވަނީ 10 އެއްގެ ސްކޭލަކުން ބަލަންޔާ 10 އެއްގެ ޔަގީންކަން އެބައޮތް ކަމަށް އަދީބު އަލުން އަނބުރާ ގެނެވޭނެ ކަމަށް،" އިމްރާން ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަދީބަށް އިއްޔެ ވަނީ ދީފައެވެ.

ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ އެގޮތަށް މެޑިކަލް ބޯޑުން ނިންމާފައިވާތީކަމަށް އެ ސާވިސްއިން ބުނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ މޭމަހުގެ 30 ވަނަ ދުވަހު ބާތިލުކޮށްފައެވެ.

އެއާ އެކު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުވެ، ޖަލު ބަންދުން މި ވަނީ ވީއްލިފަ އެވެ.

އެހެން ނަމަވެސް އޭނާ އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލުކުރީ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކުރަމުން އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ. އެއީ އަލުން ބެލުމަށްޓަކައި ބާތިލުކުރި އަށް އަހަރުގެ ހުކުމުގެ އިތުރުން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމެއް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ. އެ ތިން ހުކުމުގައި ޖުމްލަ 33 އަހަރު ޖަލުގައި ހޭދަކުރަން ޖެހެއެވެ.
ހިޔާލު

އަހުމަދު

ހުކުރު ދުވަހަށްފަހުއަދީބަކީ މިނިވަނަެކޯ ދެން އޭނައަށް ކުށްވެރިއެއްގެ ހުކުމެއްނުހިގާނެޔޯ ދެންކޮންހައްޔަރެއްތޯ ....
އޭނަ ޑޮލަރ ތަކާއެކު ދެންތިބިއެކުވެރިންނާއިއެކު އާތުރަ ބްރަދަރސްޢައިއެކު މިރާއްޖެއާއި ވަކިވީ ދެން އަތްޖަހަންތިބެންވީ..؟

ދެކޭމީހާކިޔާމީހާ

ޢަދީބު އަދި ވަޑައިގަންނަވާނެއެވެ. ޢަދީބު އެފައިސާއަށްވީގޮތާއި އެފައިސާ ހުރިތަންތަން ވިދާޅުވެއްވަވާނެއެވެ. އަދި ޢަދީބު މިޤައުމުގެ ވެރިކަންވެސް ކުރުއްވަވާފާނެ ކަހަލައެވެ.