Aasandha in fas mahun 387 million Rufiya heydhakohfi
image
ހދ. ކުޅުދުއްފުށީ އާސަންދަ އޮފީސް ހުޅުވުމުގެ ތެރެއިން.-- ފޮޓޯ: އާސަންދަ
0 ކޮމެންޓް
 

އާސަންދަ އިން ފަސް މަހުން 387 މިލިޔަން ރުފިޔާ ހޭދަކޮށްފި

ގައުމީ ބޭސްފަރުވާގެ ނިޒާމު، އާސަންދަ އިން ފާއިތުވި ފަސް މަހުގެ ތެރޭގައި 387 މިލިޔަން އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާސަންދައިން އެ ވަރު ހޭދަކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ފާއިތުވި ފަސް މަސް ދުވަހަށް ކަމަށް ބުނެ އެވެ. މި އަހަރުގެ ބަޖެޓުގައި އާސަންދާގެ ހޭދަ އަށް އެއް ބިލިޔަން ރުފިޔާ ހިމަނާފައި ވެއެވެ.

އެހެންކަމުން، ފާއިތުވި ފަސް މަސް ދުވަހު އެ ވަރު ހޭދަވީ އިރު، އެއީ އެވްރެޖްކޮށް މަހަކަށް 77.4 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން އެ ރޭޓުގައި މި އަހަރުގެ ކުރިއަށް އޮތް ހަތް މަސް ދުވަހު އާސަންދައިގެ ހޭދަކުރުން ހިފެހެއްޓިއްޖެ ނަމަ، ބަޖެޓް ކޮށްފައިވާ އެއް ބިލިޔަން ރުފިޔާގެ ތެރެއިން މި އަހަރަށް އާސަންދަ ހަމަޖެއްސޭނެ އެވެ.

އާސަންދައިގެ އިތުރުން ސަބްބިޑީގެ ގޮތުގައި ސަރުކާރުން މި އަހަރުގެ މިހާތަނަށް 407.3 މިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ދޫކުރުމަށް ޖުމްލަ ހިމަނާފައި ވަނީ 1.3 ބިލިޔަން ރުފިޔާ އެވެ.
ހިޔާލު