Tharahgeege mashroouthakah 1.1 billion Rufiya heydhakohfi
image
ރަށެއްގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން.
1 ކޮމެންޓް
 

ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިޔަން ރުފިޔާ ހޭދަކޮށްފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރުގެ މިހާތަނަށް 1.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް މި އަހަރު ޕީއެސްއައިޕީގެ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓް ޕްރޮޖެކްޓާއި މަގު ހެދުމުގެ މަސައްކަތަށެވެ. އެގޮތުން އެއާޕޯޓް ޕްރޮޖެކްޓާއި މަގު ހެދުމަށް 687 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

އޭގެ އިތުރުން އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 175 މިލިޔަން ހޭދަކޮށްފައިވާއިރު، ބަނދަރު ޕްރޮޖެކްޓްތަކަށް 67 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހަތް ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް ހަރަދު ކުރެވިފައި ވަނީ ބަޖެޓް ކުރެވުނު ފައިސާގެ ތެރެއިން 16 ޕަސެންޓް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހިޔާލު

އަހުދު

ކާކު ދެނެހުރީ. ޕްލޭން ކުރާ އަޑު އިވެނީ