Fandiyaaru Abdulla Didi ge suspension Supreme Court in baathil kuranee!?
image
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން.-- ފޮޓޯ: ސްޕްރީމް ކޯޓް
10 ކޮމެންޓް
 

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ސްޕްރީމް ކޯޓުން ބާތިލް ކުރަނީ!؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި، ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުން އެ ކޯޓުން ބާތިލް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުން މިރޭގެ ވަގުތެއްގައި ބާތިލް ކުރާނެ ކަމަށް، އެ ކަމުގެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެއްވެސް ބޭފުޅަކު ނުދެއްވަ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.

ޒަހީން ވިދާޅުވީ ފަނޑުޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި އިރު، އެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ ކަމަށެވެ. ފަނޑުޔާރު އަބްދުﷲ ދީދީ އާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

"[ފަނޑުޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ] މޯލްޑިވްސް ޕޮލިސް ސާވިސްގައި މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން، އެކަމާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން. އެއީ ކޮމިޝަނުގެ ގާނޫނުގަ އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނޭ، ތަހުގީގީ އެއްވެސް އިދާރާ އަކުން މައްސަލައެއް ބަލަމުންދާ ކަމުގައި ވަންޏާ އެކަމާއި މެދު ގޮތެއް ނިންމަން،" ޒަހީން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.

އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
ހިޔާލު

ޢަލީ12

އުޞޫލުތަކުގެ ބަެރުން / ޑިއު ޕްރޮސެސްއަށް ބެލުމެއްނެތި އަމިއްލަ މަޞްލަޙަތު އިސްކޮށް ޕަޕެޓުން ގޮވައިގެން، ޖޭއެސްސީއަށް ވަދެ ފަނޑިޔާރުން ސަސްޕެންޑްކޮށް، ފިޔަވަޅު އަޅައި މަޤާމުން ވަކިކޮށް، ލިބުނު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށްފަހު ދެން ބުނަން ތިއުޅެނީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރަނީޔޭ ތޯ...؟

މައްސަލަ އޮތީ ޖޭއެސްސީގައޭ ބުނުމަށްފަހު، ފުރަތަމަ ބަދަލު ގެންނަންޖެހެނީ ޖޭއެސްސީގެ ކޮންޕޮޒިޝަނަށޭ ބުނުމަށްފަހު، ޖޭއެސްސީގަ ތިބެންވާނީ ސިޔާސީ މީހުންނެއް ނޫނޭ ބުނުމަށްފަހު، ގޮނޑީގައި އިނދެވުނީމަ މިހާރު ޖޭއެސްސީގެ ކޮންޕޮޒިޝަންވެސް އަދި ސިޔާސީ މީހުން ޖޭއެސްސީގައި ތިބުންވެސް ރަނގަޅު އެހެންނޫންތޯ...

ތިއުޅެނީ ކަމެއް އިޞްލާޙުކުރާކަށް ނޫން... ތިއުޅެނީ އެހެން ކޮންމެވެސް ބޭނުމެއްގަ...

ބޭބެ

ސްޮްރީމް ކޯޓުން އަމުރެއް ނެރެވިދާނެ މަޖްލިސްގެ ރައީސް ހައްޔަރުކުރަން ސަލާމަތީ ބާރުތަކުގެ މައްޗަށް! އެކަމަކު އެވެދާނެ ފެބުރުއަރީގެ އަމުރުފަދަ އަމުރަކަށް! ފިޔަވަޅުއަޅަންކެރޭނެބާ؟

އިބާދު

ޖޫޑިސަރީ ބެލި މަސްއަލައިގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ.. ފަނޑިޔާރަކު ގާނޫނު އާއި ޚިލާފައް ހައްޔަރު ކުރި މީހެއް އޭނަ މަސްއަލަ ހުށައޅައިގެން އޭނަގެ މައްޗައް ހުކުމް ކުރި ފަނޑިޔާރު ސަސްޕެންޑް ކުރި އިރު ޖިނާއީ ކުށެއް ކޮއްގެން ހުރި މީހަކު މަޖިލިސް ގެ ރައީސަކައް ހުރީ އަދި މަގާމުގެ ނުފޫޒް ނަހަމަ ގޮތުގައި ބޭނުން ކޮއްގެން ޒާތީ ހަސަދަ ފިލުވުމުގެ ބޭނުން ކުރަމުން މިދަނީ.... މަގާމުގެ ނުފޫޒް ބޭނުން ނަހަމަ ގޮތުގައި ކުރާ ކަުގެ ޖިނާއީ ދައުވާ ރައްޔިތުން މަޖިލިސް ގެ ރައީސްގެ މައްޗައް ކުރުމައް ޕީޖީ މައްޗައް ލާޒިމް ވޭ..

ކުމާރު

ސޕްރިމްކޯޓް ބެންޗު ބަދަލް ކުރަންޖެހޭ ގައުމް މިހާލަތައް ވައްޓާލީ އެކޯޓުގެ ބެންޗުން 24 ގަޑިއިރު މިގައުމުގެ ވެރިކިން ކޮއްފަ ތިބި ބައެއް އެޓީމަކީ ޔާމިން އައް ޖެއްސުމައް ހުރިހާހަޑިއެއް ހާވާފަ އުފަލުގަ ތިބެވޭތަ

ބިސް

ބާތިލް ކޮށްފިނަމަ އުއްތަމަ ފަޑިޔާރު ފިޔަވާ ސްޕްރީމް ކޯޓްގެ ހުރިހާ ފަޑިޔާރުން ސަސްޕެންޑް ކޮށްލާށެވެ. ރާކަނިމަސް ރަގަޅަށް މި ފަހަރު ކާންދޭން ޖެހޭނެއެވެ.

ޝަރފި

ފިތުނަވެރިކަން ކުރިއަށް ބާރަށް. މިއީތޯ ތި ދަންނަވާ ޒިންމާދާރު ނޫސްވެރިކަމަކީ. މި ޚަބަރު ލިޔުނު މީހަކަށް ޝުކުރިއްޔާ.

ޢަޙްމަދު

ކޮމިޝަން އިންނަ އެނމެ ބާރުގަދަ މީހާގެ މަސްލަހަތު ހިމެނޭ މައްސަލއެއް އޭނާ ހުށަހަޅާ އަދި އޭގެ ވޯޓުގައި ބައިވެރިވެ. ޥޯޓްދީ މި އުޅެނީ ކޮން ގޮތަކަށް ޖުޑިޝަރީ އިސްލާޙް ކުރަން

ދަންޑަހިލް

މިހާރި ތިޔަކުރާކަންތައްތަކަށް ދިވެހިން ކިޔާ އުޅެނީ މަހާނަ މައްޗަށް މަޑިޔަކަށް ޖެހުން މުއުތަބަރު ގޮތެއްގައި ލިބޭ މައުލޫމާތަށްބަލާއިރު ތިޔަ ފަނޑިޔާރުވަނީ ފުރައިގެންގޮސްފައި މެލޭސިޔާގައި 02 އެޕާޓުމަންޓު ބައްލަވައިގެންފަ ހުންނަކަމަށްވަނީ އާއިލާއާއި އިނދެ ވަރިކޮށްފައިތިބި މީހުންނާ އެމީހުންގެ ފިރިންނާ ދަރި މެލޭސިޔާގަ ވަޒަންވެރިކުރުވާފަކަމަށް މައުލޫމާތު ލިބެނީ ތިޔަބުނާ ފަނޑިޔާރުގެ މާލޭގައި އަރަބުސްޔާ ކޮށީގަ ފުލެޓެއް ގާކޮށީގަ ފުލެޓެއް ބައްލަވައިގެންފަވާކަމަށް މައުލޫމާތުލިބޭ އަދި އާއިލާއަށް 05 ފުލެޓު ހުޅުމާލެއިން ހޯއްދަވާދެއްވި ކަމަށް މައުލޫމާތުލިބޭ ދެން ކީއްކުރަން މާލޭގަ ހުންނަނީ ދެން އަތުގެޖޭހެނެއް ހިޔެއް ނުވޭ ދެން ދާނީ އިނގިރޭސި ވިލާތައްކަންވެސް ނޭނގޭ

ދަންޑަހިލް

ޖުޑިސަލް ސާވިސް ކޮމިޝަނަށް ރައްޔިތުންމަޖިލީހުގެ ރައީސް ހުށަހެޅި މައްސަލައެއްގައި ފަނޑިޔާރަކު ސަސްޕެންޑުކުރަން ޖުދިސަލް ސާވިސް ކޮމިސަނުން ނިންމިއިރު އެކޮމިޝަނުގެ މެމްބަރެއްގެގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތް ހާޟިރުގަ ވޯޓުނަގައި ނިންމުންތައްނިންނަވައިގެން ކުރިޔަށްގެންދިއުމަކީ ހަމަ އެންމެ ހަމަޖެހޭ ގޮތެއްބާ؟

އަުމަދު

48 ގަޑި އިރުވީ މިއަދު ތަ؟ ގޮތެއް ނިންމުމުގެ މާނައަކީ ސަސްޕެންޑް ކުރުންތަ؟ ތިހެން ޒާތީ ވަންޏާ ސްޕްރީމް ކޯޓަށް އޮންނާނެ ޒާތީވާ މީހުން ހައްޔަރު ކުރުމުގެ ބާރު. ކޮންގޮތެއް ސައްހައީ