Dhivehi film Dhauvath Olympahugai dhahkan fashaifi
image
ރޭ ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: ރާއްޖެއެމްވީ
0 ކޮމެންޓް
 

ދިވެހި ފިލްމު "ދައުވަތު" އޮލިމްޕަހުގައި ދައްކަން ފަށައިފި

ވީ އެންޓަޓެއިންމެންޓް ޑިވިޝަން (ވީމީޑިއާ)ގެ ފުރަތަމަ ދިވެހި ފިލްމު "ދައުވަތު" ރޭ ޕްރިމިއާކޮށްފި އެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި އެ ހަފްލާގައި ފިލްމު ޕްރިމިއާކޮށް ދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމިއްޔަތެއް ބިނާ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް މާއްދާއަކީ ވާހަކަ ކަމަށެވެ. އަދި 80 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފީޗާ ފިލްމު ހަދަމުން އައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެ ހަފްލާގައި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބުރާހިމްގެ އިތުރުން ވީ މީޑިއާގެ މެނޭޖިން ޑިރެކްޓަ އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދައުވަތުގެ 15 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ފަސް ޝޯއެއް މިހާރު ވަނީ ހައުސް ފުލްވެފަ އެވެ. ގިނަ ބައެއްގެ ފަރާތުން ޕޮސިޓިވް ކޮމެންޓުތައް ރޭގައި ލިބިފައިވާއިރު އެފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗައް ހަދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެ އެވެ.

ފިލްމުގައި ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ) އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ޒިޔާދާ އަދި ފައިސަލް ވެސް ހިމެނެ އެވެ. ފިލްމު ޑައިރެކްޓުކުރީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
ހިޔާލު