Leaderunge bahdhaluvun nubeyhvunas, coalitionehgai masahkai kuran undhaguleh noon: Tharujamaan
image
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއްގެ ތެރެއިން.
1 ކޮމެންޓް
 

ލީޑަރުންގެ ބައްދަލުވުން ނުބޭއްވުނަސް، ކޯލިޝަނެއްގައި މަސައްކަތް ކުރަން އުނދަގުލެއް ނޫން: ރައީސްގެ ތަރުޖަމާން

ސަރުކާރު ހިންގާ ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ކުރިން އިއުލާނު ކޮށްފައިވާ ގޮތަށް، މަހަކު އެއްފަހަރު ނުބޭއްވުނު ނަމަވެސް އެކަމުގެ ސަބަބުން ކޯލިޝަނެއްގައި މަސައްކަތް ކުރަން އުނދަގޫ ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް ބައްދަލު ކޮށް، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ ލީޑަރުންގެ ބައްދަލުވުންތައް ގަވާއިދުން ނުބޭއްވެނީ އެ ބޭފުޅުންގެ މަސައްކަތަތައް ބުރަވުމުން ކަމަށް ވެދާނެ ކަމަށެވެ.

"ކޯލިޝަން މީޓިން އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ ތަންކޮޅެއް ބުރައީ ހެން. އަޅުގަނޑަކަށް އެހެން ނޭނގޭ ދަންނަވާކަށް ކީއްވެގެން ކަމެއް. [ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވުނު ނަމަވެސް މަސައްކަތް ކުރަން] ދައްޗެއް ނޫން... [ކެބިނެޓުގައި ވެސް އެބަތިބޭ ކޯލިޝަންގެ ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން] އަޅުގަނޑުމެންނަށް ދައްޗެއް ނޫން އެބޭފުޅުންނާ އެކު ވޯކް ކުރާކަށް،" ހޫދު ވިދާޅުވި އެވެ.

ރައީސް ސޯލިހު މީގެ ކުރިން ވަނީ، ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނިމިދިޔަ އާންމު އިންތިހާބުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް ބައްދަލުވުމެއް ބޭއްވިކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި ބައްދަލުވުންތައް ނުބާއްާ ސަބަބެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލިސް ކެމްޕޭނުގައި ކޯލިޝަން ލީޑަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ސަރުކާރު ހިންގާ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާ ދެމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުންތައް އުފެދުނެވެ. އެގޮތުން މަޖިލީސް އިންތިހާބުގައި ވަކިން ވާދަކުރުމަށް އެމްޑީޕީން ނިންމުމާ އެކު ގާސިމްގެ ހިޔާލު ތަފާތުވެ ޖުމްހޫރީ ޕާޓީން އާންމު އިންތިހާބަށް ނިކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެންނެވެ.
ހިޔާލު

އަހުމަދު މުހައްމަދު

އެއްވެސް ކަމެއް ބުނި ގޮތަށް ކުރެވުނު ތަ ؟ ސަރުކާރެއް ބަދަލު ވުމުން ރައްޔިތަކަށް ވީކަމެއް ބުނެބަލަ. ކީއްތަ ވާނީ މާލޭން ތަންތަން ކުއްޔަށް ހިފާ މީހުން ދައްކާ ޑިޕޮސިޓް ފައިސާ ކޮޅު ކާލާ މީހުންނަށް ފިޔަވަޅު އަޅާ ބޮޑު ބަދަލެއް ލިބޭނެ ޤާނޫނެއް ގެނސް ދިނިއްޔާ . ކީއްތަ ވާނީ މީހުން ދިރި އުޅެން ދޭ ބަންޑާރަ ގޯތި އެގޯތި ލިބޭ އިރު އިނދެގެން އުޅޭ މީހުން ވަރިކުރާ އިރު އެމީހުންނަށް ވެސް އެއިން ބައެލިބޭ ގޮތަށް ހެދިއްޔާ. ކީއްތަ ވާނީ ދައރިންނަށް އެގޭގެއިން ލިބޭ އޮތް ވަރެއް ލިބޭނެ ގޮތަކަށް ޤާނޫނެއް ހަދާދިނިއްޔާ. ގެދޮރު ދެނީ ވެސް އާއިލާ ދިރި އުޅުމަށް ވިއްޔަ. މީ މާ ބޮޑު ޚަރަދެއް ހިންގާނެ ކަމެއް ނޫން. ކުއްޓި ކާރީ ބުނެލީމަ ލިޔެލަ ދޭނެ.