Aridhafus roagaa aai beyrah hingun madhu vejje
image
އައިޖީއެމްއެޗް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން މަދުވެއްޖެ

ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު ދަށްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އޭޕްރިލް މަހާ އަޅާ ބަލާއިރު މޭ މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު ދަށްވެފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 428 މީހަކު ޓެސްޓު ކުރިއިރު، އޭގެ ތެރެއިން 32 މީހަކު ވަނީ އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައެވެ.

އިންފްލުއެންޒާ އަށް ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ބަލި ބޮޑުވެ އެނދުމަތި ކުރެވޭ ފަރާތްތަކެވެ. މިއަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު މޭ މަހު އިންފްލުއެންޒާ ޓެސްޓު ކުރި މިންވަރު ދަށެވެ.

ފާއިތުވެ ދިޔަ ދެ އަހަރުގެ މިދުވަސްވަރު އަރިދަފުސް ރޯގާ، ހާއްސަކޮށް އިންފްލުއެންޒާ، ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އެދެ އެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެކަމަކު އޭޕްރީލް މަހާ އަޅާ ބަލާއިރު މޭ މަހުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރު ވެފައިވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އެދެ އެވެ.
ހިޔާލު