China inn elhi housing unit thakuga massala dhimaavaathee inspect koffi
image
ޗައިނާ އިން އެޅި ހައުސިން ޔުނިޓުތައް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ ރަސްމީކޮށް ހަވާލުކުރަނީ-- ފޮޓޯ: އެޗްޑީސީ
0 ކޮމެންޓް
 

ޗައިނާގެ ކުންފުނިން އެޅި ހައުސިން ޔުނިޓުތަކުގައި މައްސަލަ ދިމާވާތީ އިންސްޕެކްޓު ކޮށްފި

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި އަޅާފައިވާ ހައުސިން ޔުނިޓުތަކަކަށް މައްސަލަ ދިމާވާތީ އެތަންތަން އިންސްޕެކްޓް ކޮށްފި އެވެ.
އެ މަސައްކަތް ކުރީ ހައުސިން މިނިސްޓްރީ އާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަަދި ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ގުޅިގެންނެވެ.

އިންސްޕެކްޓް ކޮށްފައި ވަނީ ސީއެމްއީސީ އިން އަޅާފައިވާ 1000 ހައުސިން ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓެވެ. ހައުސިން މިނިސްޓްރީން ބުނީ އެތަންތަން އިންސެޕްކްޓް ކުރަނީ ފްލެޓުތަކުގެ ހާލަތު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންދިޔެއީ ސީއެމްއީސީ އިން އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ދިމާވެފައިވާ ގިނަ ކޮންސްޓްރަކްޝަން މައްސަލަތަކެއް ހައްލު ކުރުމަށް އެދި ހައުސިން މިނިސްޓްރީން ޗައިނާގެ ސަފީރު އަރިހުގައި ރަސްމީކޮށް އެދުމުންނެވެ.

އެ ހައުސިން ޔުނިޓުތައް ބަލާ ފާސް ކުރުމަށް ފަހު، ރިޕޯޓެއް ތައްޔާރުކޮށް، އެތަންތަނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި 1500 ހައުސިން ޔުނިޓު އަޅައި ނިންމާ، ސަރުކާރާ ހަވާލުކުރީ ޑިސެމްބަރު 2017 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.
ހިޔާލު