MRM ufehdhumuge aa huhdha eh Yumnaa ah
image
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

އެމްއާރްއެމް އުފެއްދުމުގެ އާ ހުއްދައެއް ޔުމްނާ މައުމޫނަށް

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވުމަށް ނިންމެވި ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ އާ ހުއްދައެއް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނަށް ދެއްވައިފިއެވެ.
އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ ކުރިން ދީފައިވާ ހުއްދަ މިދިޔަ މަހުގެ 19 ގެ ކުރިން ބާތިލް ކުރުމަށްފަހު އަލުން އާ ހުއްދައެއް ދީފައިވާ ކަމަށެވެ. އެ ހުއްދަ ލިބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ހުއްދަ ދީފައި ވަނީ ޔުމްނާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ އެމްއާރްއެމް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް ދެން އެމްއާރްއެމް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނީ ޔުމްނާއަށް ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ.

މީގެ ކުރިން އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙީމް ހަސަނަށެވެ. އޮފިޝަލް ވިދާޅުވީ އަލުން ހުއްދައެއް ހޯދަން ޖެހުނީ ސަޕޯޓަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެއީ ކުރިން ރައީސް މަޢުމޫން އިސްވެ ހުންނަވައިގެން އުފެއްދި ޕީޕީއެމްއަށް ކަންތައް ދިމާވެގެން ދިޔަ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ ރައީސް މައުމޫންގެ ސަޕޯޓަރުން ބޭނުން ވަނީ ސިޔާސީ ޕާޓީއެއް އުފައްދާއިރު ރައީސް މައުމޫނާއި ގާތް ބޭފުޅެއް ނުވަތަ ގުޅުން އޮންނަ ބޭފުޅަކު ޕާޓީ އުފައްދަވަން ކަމަށެވެ.

އެމްއާރްއެމަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ މެންބަރުން ހަމަ ކުރުމުގެ މަސައްކަތަށް މަޑުޖެހުމެއް އައީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ރަމަޟާން މަހާއި ދިމާވުމުން ކަމަށެވެ.
ހިޔާލު