STO inn petrol aai diesel ge agu heyo koffi
image
އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް--
0 ކޮމެންޓް
 

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު މާދަމާ އިން ފެށިގެން ހެޔޮކޮށްފި އެވެ.
އެގޮތުން ޑީސެލް ލީޓަރަކުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ކުޑަކޮށްފަ އެވެ. މާދަމާ އިން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 11.19 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.13 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނީ މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔި ކުރި ތިންވަނަ ފަހަރު ކަމަށެވެ. އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައީ މޭ މަހުގެ 3 ގައެވެ.

އެފަހަރު ވަނީ ޕެޓްރޯލް ލީޓަރަކުން 70 ލާރި އަދި ޑީސަލް ލީޓަރަކުން 50 ލާރި ބޮޑުކޮށްފަ އެވެ. އެއަށްފަހު ޕެޓްރޯލް ލީޓަރެއް ލިބުނީ 11.49 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބުނީ 12.22 ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ މާދަމާ އިން ފެށިގެން ތެލުގެ އަގު ހެޔޮ ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ކުޑަވުމުން ކަމަށެވެ.
އެސްޓީއޯ ތެޔޮ
ހިޔާލު