Zuvaanunnah libey furusathuge beynun hifan vaane: Naib Raees Faisal
image
މިރޭ ފެށި ޔޫތު ލީޑާޝިޕް ފޯރަމްގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
1 ކޮމެންޓް
 

ޒުވާނުންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަން ވާނެ: ނައިބު ރައީސް ފައިސަލް

ޒުވާންކަން އަބަދަށް ދެމި ނޯންނާނެކަން ގަބޫލުކޮށް، ފުރުސަތު ލިބިފައި އޮންނަ ވަގުތު އެ ފުރުސަތުގެ ބޭނުން ހިފުމަށް ނައިބު ރައީސް ފައިސަލް ނަސީމް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.
މިއަހަރުގެ ޔޫތު ލީޑާޒް ނެޓްވޯކް ފޯރަމް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޒުވާނުންނަށް ކަމަށާއި، ހާއްސަކޮށް ތައުލީމަށް ކަމަށެވެ.

ޒުވާނުން ވާން ވާނީ ހިތްވަރު ގަދަ، ކެތްތެރި ބަޔަކަށް ކަމަށާއި، ދިމާވާ އެކި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ހުންނަން ވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ފޯރަމްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ އިތުރު ފުރުޞަތުތަކެއް ޒުވާނުންނަށް ލިބިގެންދިއުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީގެ އެންމެ މުޙިއްމު އެއް ޒިންމާއަކީ ސުލުހަވެރި، އަމާން، ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ޒިންމާ އަދާ ކުރުމަށް ހޯމް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކީ ޒިންމާދާރު ރައްޔިތުން ބިނާ ކުރުން ކަމަށެވެ.

ޒިންމާދާރުވުމަށް އެންމެ މުހިއްމު އެއް ސިފައަކީ ޓޮލަރަންސް ނުވަތަ ތަޙައްމަލު ކުރުމުގެ މާތް ސިފަ ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަން ވާނެ ސިފައެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަހަރުގެ ދެވަނަ ޔޫތް ލީޑާޒް ނެޓްވޯކް ފޯރަމް މިރޭ ރަސްމީކޮށް ފެށީހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެ އެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ފޯރަމް އަމާޒުކޮށްފައިވަނީ "ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެެ ހަމަޖެހުން" ޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން މައުލޫމާތު ދެއްވާނެ އެވެ.

ޔޫތް ލީޑާސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ކައުންސިލެކެވެ.

އެކައުންސިލް އެކުލަވާލެވި މަސައްކަތް ކުރަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެލުމުގެ ދަށުންކަމަށް ސޯޝަލް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ޔޫތް ލީޑާސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައި ވެސް ފޯރަމް ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގަ އެވެ.
ހިޔާލު

ޒުވާނުން

ޒުވާނުންނޭ ކިޔާފަ ފުރުސަތު ދެނީ ކަންފަތުގަ މުދިލާފަ ބޯދިގުކޮއްފަ ނިޔަފަތި ދިގުކޮއްފަ އަތުން ފެގު ހުސްނުވެ ތިބޭ ހަތްބޯރާހިންނަށޭ..