IGMH ge engine room ga roavi alifaan gandu control koffi
image
އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމު ބޭރު-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

އައިޖީއެމްއެޗްގެ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އިންދިރގާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑެއް ކޮންޓްރޯލް ކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާން ރޯވީ އައިޖީއެމްއެޗް ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ކަމަށެވެ.

އަލިފާނުގެ ރިޕޯޓު ލިބުނުތާ 15 ވަރަކަށް މިނެޓު ތެރޭ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން އެތަނަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރި އެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި އިމާރާތަށް ވެސް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު އަލިފާން ރޯވި ކޮޓަރިން ދުން ބޭރު ކުރަނިކޮށް، ދުން ތައް އެމެޖެންސީ ރޫމަށް ވަނުމުން އެތަނުގައި ތިބި މީހުން ވަނީ އެހެން ތަނަކަށޤ ބަދަލުކޮށްފަ އެވެ.
ހިޔާލު