BREAKING: Adeeb India ah furaifi
image
ލުރީގެ ނައބިބު ރައީސް އަހްމަދު އަދީބު އަދި އަނބިކަނބަލުން މަރިޔަމް ނަޝްވާ އެއާޕޯޓުގައި--
1 ކޮމެންޓް
 

އަދީބު އިންޑިއާ އަށް ފުރައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
މިއަދު ހެނދުނު 10:55 ގައި އޮތް އެއާ އިންޑިއާގެ ފްލައިޓަކުން އަދީބު ބެންގަލޫރަށް ފުރާވަޑައިގެންނެވީ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއެކު އެވެ.

ޖަލުގައި 33 އަހަރުގެ ހުކުމެއް ފުރުއްވަމުން ގެންދެވި ކުރީގެ ނައިބު ރައީސްގެ ޖަލު ހުކުމްތައް ބާތިލް ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެއަށްފަހު މިދިޔަ އަންގާރަ ދުވަހު ވަރަށް ކުއްލި ގޮތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ހުއްދަ ދިންކަން އިއުލާންކޮށްފަ އެވެ،

އެއާއެކު އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފެށި އެވެ. ޖެހިގެން އައި ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އެކަމާ ގުޅޭ ކުއްލި މައްސަލައެއް ވައްދާ ބަހުސް ކުރި އެވެ.

އަދި އަދީބު ފުރުވާލުމުގެ ކަންކަމުގައި ހިމެނޭ ހުރިހާ އިދާރާއެއްގެ އިސްވެރިން މަޖިލިހުގެ ހާރިޖީ ކޮމިޓީ އާއި ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި އެވެ.

އެ އިދާރާތަކުން ބުނީ އަދީބު ދަތުރުގެ ކަންކަން ކައިރިން ބަލަމުން ދާނެ ކަމަށެވެ. ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން އަދީބާއެކު މި ދަތުރުގައި ދާނެ އެވެ.

އޭގެ އިތުރުން އިންޑިއާގެ އެހީ ހޯދުމަށް އެގައުމާއެކު މަޝްވަރާ ކުރި ކަމަށް ވެސް ބުންޏެވެ. ބޭހަށް ފަހު އަދީބު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ގައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި ވިދާޅުވީ މި ދަތުރުގައި އަދީބު ފިއްލަވައިފި ނަމަ، އެއީ މުޅި ސަރުކާރުގެ ފެއިލްވުމަކަށް ވެގެން ދާނެ ކަމަށެވެ.

އަދީބު ޖަލުގައި ހުންނެވިއިރު ވަނީ ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ކިޑްނީގައި އުފެދުނު ހިލަތަކެއް މިދިޔަ އަހަރު ވަނީ އައިޖީއެމްއެޗް ގައި ސާޖަރީކޮށް ނަގާފަ އެވެ.

އަދީބު އިންޑިއާ އަށް ވަޑައިގަންނަވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށެވެ. ސަރުކާރުން ބުނީ އެ ބައްޔަށް ރާއްޖެ އިން ފަރުވާ ކުރެވެން ނެތުމުން، ބޭރުގެ ތަޖުރިބާކާރު ގެނައި ކަމަށެވެ. އެ ފަރާތުން ލަފާ ދިނީ އަދީބަށް ރާއްޖެ އިން ބޭރުގައި ފަރުވާ ކުރުމަށެވެ.
އަދީބުގެ ޝަރީއަތް
ހިޔާލު

އަޒްލިފާ

ގުލޮކޮމާއަކީ ރާއްޖޭގައިވެސް ކޮމަން ކަމެއް އަދި އެކަމައް އެތައްބަޔަކު ފަރުވާހޯދަމުންދާ ރާއްޖޭގައި ފަރުވާދެވޭ ކަމެއް.