Mathee thauleem institution thakah addu in bin dhookuranee
image
0 ކޮމެންޓް
 

މަތީ ތައުލީމްދޭ އިދާރާތަކަށް އައްޑޫއިން ބިން ދޫކުރަނީ

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ބިން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ކަމަށެވެ.

ކޮންމެ ބިޑް ޑޮކިއުމެންޓެއް 300 ރުފިޔާއަށް ވިއްކާއިރު، ބިޑް ބަލައިގަތުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 11 ޖަހާއިރު ކައުންސިލްގެ އިދާރާގައެވެ.

ކައުންސިލުން ބުނީ، ބިން ޙަވާލުކުރެވޭ އުސޫލާއި އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށެވެ. މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސްހާސް އަކަފޫޓުގެ ދެ ބިމާއި ދިހަހާސް އަކަފޫޓްގެ އެއް ބިމުގެ އިތުރުން 25 ހާސް އަކަފޫޓްގެ އެއް ބިމެވެ.

އައްޑޫގައި މިހާރުވެސް މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ ވިލާ ކޮލެޖާއި، މައި ކޮލެޖުގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއްވެސް ހުރެއެވެ.
ހިޔާލު