IGMH ge CT Scan ge khidhumaiy vaguthee gothun Treetop ah
image
އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމު ބޭރު-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

އައިޖީއެމްއެޗުގެ ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީ ގޮތުން ޓްރީޓޮޕަށް

އައިޖީއެމްއެޗުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިވަގުތު ސީޓީ ސްކޭންގެ ޚިދުމަތް ހުއްޓިފައިވާތީ، އެމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭން ޓްރީ ޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޫޕީއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސީޓީ ސްކޭނަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުން ދާތީ މިވަގުތު އެ ހޮސްޕިޓަލުން އެމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ އެންމެހާ ކަންކަން އާސަންދައާ އެކު އައިޖީއެމްއެޗުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެއްވެސް ބަލިމީހަކަށް އަދި އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ބުނީ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ ތަފްޞީލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި މިހާރުވެސް ދެމުން ގެންދާ ގޮތަށް ކުރިއަށް ގެންދަންޖެހޭ ހުރިހާ މަސައްކަތެއް އެ ހޮސްޕިޓަލުގެ މުވައްޒަފުން ކުރިއަށް ގެންދާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އުފެދުނު ދުމުގެ އަސަރު އިމަޖެންސީގެ ޔެލޯ ޒޯނަށާއި ގްރީން ޒޯނަށާއި އޮޕަރޭޝަން ތިއޭޓަރ ކޮމްޕެލްކްސަށް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެވަގުތު ޔެލޯ ޒޯނުގައި ފަރުވާ ދެމުންދިޔަ 22 ބަލިމީހުން މީގެކުރިން ފިޒިއޯތެރަޕީގެ ޚިދުމަތް ހޯދަމުންދިޔަ ސަރަޙައްދަށް ބަދަލުކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އިމަޖެންސީ ގްރީން ޒޯނު ކުރީގެ އެތެރެހަށީގެ ބަލިތަކުގެ އޯޕީޑީ ހިންގަމުންދިޔަ ކޮޓަރިތަކަށް ބަދަލު ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ބުނީ އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގީ ހޮސްޕިޓަލުގެ ބާ އިމާރާތުގައި ހުރި ބެޓެރިއެއްގައި ރޯވުމުންނެވެ. ހެނދުނު 10:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާ ބައިގަޑިއިރެއްހާއިރު ތެރޭގައި ވަނީ ކޮންޓްރޯލްކޮށްފައެވެ.
ހިޔާލު