Gina aharuthakakah fahu Aamir Khan aai Kareena ekugai masaikaiy kuranee
image
އާމިރު ހާން އާއި ކަރީނާ--
0 ކޮމެންޓް
 

ގިނަ އަހަރުތަކަކަށް ފަހު އާމިރު ހާން އާއި ކަރީނާ އެކުގައި މަސައްކަތް ކުރަނީ

ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާމިރު ހާން އާއި ކަރީނާ ކަޕޫރު އެކުގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދެހާސް ނުވަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "3 އިޑިއޮޓްސް" ގައި އެކުގައި މަސައްކަތް ކުރި އާމިރާއި ކަރީނާ އަނެއްކާ ވެސް އެކުމުގައި މަސައްކަތް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ދެމީހުން އެކުގައި ފެނިގެންދާނީ އާމިރުގެ ކުރިއަށް އޮތް މަސައްކަތް ކަމަށްވާ "ލާލް ސިންގް ޗައްދާ" އިން ކަމަށް ވެއެވެ.

އެފިލްމަކީ 1994 ވަނަ އަހަރު ނެރުނު "ފޮރެސްޓް ގަމްޕް" ނަމަކަށް ކިޔާ ފިލްމެއްގެ ރިމޭކެކެވެ. އެފިލްމުގެ ލީޑު ރޯލުން ޓޮމް ހޭންކްސް ފެނިގެންދިޔައިރު އަދްވައިތު ޗަންދަން ޑައިރެކްޓުކޮށް ނެރޭ ހިންދީ ފިލްމުގައި އެ ރޯލުން ފެންނާނީ އާމިރެވެ. އަދި ކަރީނާ ފެންނާނީ އާމިރުގެ ލޯބިވެރިޔާގެ ރޯލުން ކަމަށް ވެއެވެ.

ހަބަރުތައް ބުނާ ގޮތުން އެފިލްމަށް ކަރީނާ ހަމަޖައްސާފައި ވަނީ އާމިރު ބޭނުންވެގެންނެވެ.

ކަރީނާ މިވަގުތު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "އެންގްރޭޒީ މީޑިއަމް" ގެ ޝޫޓިންތަކުގައި ބައިވެރިވުމަށް ލަންޑަނުގައެވެ. އެފިލްމުގެ ޝޫޓިންތައް ނިމޭނީ އޯގަސްޓު މަހެވެ. އެހެންކަމުން އާމިރާއެކު ކަރީނާ މަސައްކަތް ކުރާނީ އޭގެ ފަހުން ކަމަށް ބެލެވެއެވެ. އެކަމަކު ފިލްމުގައި މަސައްކަތް ކުރަން ލިބުނުކަން ކަރީނާ އަދި ނޫސްތަކަށް ކަށަވަރުކޮށެއް ނުދެއެވެ.

ދެހާސް ބާރަ ވަނަ އަހަރު ނެރުނު ފިލްމު "ތަލާޝް" ގައި ވެސް ކަރީނާ އާއި އާމިރު އެކުގައި މަސައްކަތް ކުރިއެވެ.
ހިޔާލު