Priyanka ah vure gina bootu Nick gengulhey
image
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް--
0 ކޮމެންޓް
 

ޕްރިޔަންކާއަށް ވުރެ ގިނަ ބޫޓު ނިކް ގެންގުޅޭ

އަބަދުވެސް ނަން ވަނީ އަންހެންވެރިން ގިނައިން ރީތިވާ ސާމާނާއި އަންނައުނު ގެންގުޅޭ ކަމަށެވެ. އެކަމަކު މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ވުރެ ގިނައިން އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބޫޓު ގެންގުޅޭ ކަމަށް ނިކްގެ ބޭބެމެން މިވަނީ ބުނެފައެވެ.
"ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލޮން" ގެ އެންމެ ފަހު އެޕިސޯޑުން ފެނިގެންދިޔައީ "ޖޯނަސް ބްރަދާސް" އެވެ. އެމީހުންގެ އެންމެ ފަހުގެ ލަވަތައް ޕްރޮމޯޓުކުރުމަށް ޝޯގައި ބައިވެރިވިއިރު ޝޯގެ ތެރެއިން ނިކް އާއި އޭނާގެ ދެ ބޭބެއިން ކަމަށްވާ ކެވިން އަދި ޖޯއީ ވެސް ވަނީ އެމީހުންނާއި ގުޅޭ ބައެއް ސިއްރުތައް ހިއްސާކޮށްފައެވެ.

ޝޯގެ ތެރެއިން ޖޯއީ ވަނީ ނިކްގެ އަތުގައި ވަރަށް ބައިވަރު ބޫޓު އޮންނަ ކަމަށާއި އެވަރަށް ޕްރިޔަންކާ އަތުގައި ވެސް ބޫޓު ނޯންނާނެ ކަމަށް ބުނެފައެވެ. އެކަމަށް ނިކްގެ އެންމެ ދޮށީ ބޭބެ، ކެވިން ވެސް އެއްބަސްވެއެވެ.

ޕްރިޔަންކާ އާއި ނިކް މިދިޔަ އަހަރު ކައިވެނިކުރީ އިންޑިއާގައެވެ. ދިހަ ވަރަކަށް މަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެމީހުން ކައިވެނިކުރިއިރު ކައިވެނިކުރިތާ ދެތިން މަސް ފަހުން އެމީހުން ވަރިކުރި ކަމަށް ބުނެ ހަބަރުތައް ފެތުރުނެވެ. އެކަމަކު އެކަމަކު އެމީހުންގެ އިންސްޓަގްރާމުން އެކަހަލަ މައްސަލަތަކެއް ނުފެނެއެވެ. އަދި އެ އަޑުތައް ފަނޑުވީ ވެސް އެމީހުން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރާ ގިނަ ފޮޓޯތަކެއް ދައުރުވާން ފެށުމުންނެވެ.
View this post on Instagram

💙 @nickjonas #Cannes2019

A post shared by Priyanka Chopra Jonas (@priyankachopra) on


ޕްރިޔަންކާ އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންތައް ނިންމާލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފިރިމީހާ ނިކް ކައިރިއަށް، ނިއުޔޯކަށް ފުރާފައެވެ.
ހިޔާލު