Magumatheege salaamathaa gulhey fair ga hiley 100 helmet dhenee
image
އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަގުމަތީގެ ސަލާމަތާ ގުޅޭ ފެއާގައި ހިލޭ 100 ހެލްމެޓު ދެނީ

މިއަދު މާލޭގައި ބާއްވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ފެއާގައި ގުރުއަތުން ހޮވޭ 100 ފަރާތަކަށް ހިލޭ ހެލްމެޓު ބެހުމަށް ނިންމައިފި އެވެ.
ރަސްފަންނު ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ފެއާ އަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފެއާ އެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ އެފެއާ ކުރިއަށް ދާނީ މިއަދު ހަވީރު 04:15 އިން ރޭގަނޑު 10:00 އަށެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާ އެފެއާގައި ގުރުއަތުން ނެގޭ 100 ފަރާތަކަށް ހެލްމެޓް ބެހިގެންދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު މާލޭގައި ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.
ހިޔާލު