Tow kohfaivaa gina adhadhehge ulhandhu nahthaalanee
image
ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދު ނައްތާލަނީ-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދު ނައްތާލަނީ

ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދު ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ޓޯޔާޑުގައި މިހާރު އެމަސައްކަތް ކުރަމުން އަންނައިރު 79 އުޅަނދެއް ނައްތާލުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ސައިކަލަކާއި ހަތަރު ފުރޮޅުލީ 10 އުޅަނދުގެ އިތުރުން ފަސް ބައިސްކަލު ކަމަށް ފުލުހުން ބުނެއެވެ.

އެ އުޅަނދުތަކީ ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާތީ އެއްގަމު ދަތުރުކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތަކެވެ.


މީގެ ކުރިން ވެސް ފުލުހުން ވަނީ ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދު ނައްތާލާފައެވެ.
ހިޔާލު