Engagement Haflaage Photo thah TV actor Charu Supporterunaai Hihsaakohfi
image
ޗާރޫ އާއި ރާޖީވް--
0 ކޮމެންޓް
 

އެންގޭޖްމަންޓް ހަފުލާގެ ފޮޓޯތައް ޓީވީ ތަރި ޗާރޫ ސަޕޯޓަރުންނާ ހިއްސާކޮށްފި

މީދެ ދުވަސްކޮޅެއް ކުރިން ކައިވެނިކުރި ޓީވީ ތަރި ޗާރޫ އަސޯޕާ އާއި ބޮލީވުޑުގެ ތަރި ސުޝްމީތާ ސެންގެ ބޭބެ ރާޖީވް ސެން އެމީހުންގެ އެންގޭޖުމަންޓް ހަފުލާގެ ފޮޓޯތައް ސަޕޯޓަރުންނާ ހިއްސާކޮށްފި އެވެ.
ކޯޓުގައި މީގެ ދުވަސްކޮޅެއް ކުރިން އެމީހުން ކައިވެނި ކުރި ނަމަވެސް އިންޑިއާގެ ގޯއާގައި ވެސް މިއަދު ކައިވެނި ކުރުން އޮންނާނެ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އެންގޭޖުމަންޓް ހަފުލާ ބޭއްވިއިރު ޗާރޫ އާއި ރާޖިސް ސޯޝަލް މީޑިއާއަށް ފޮޓޯތައް ލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ފޮޓޯތަކަށް ލިބިފަ އެވެ.

އެގޮތުން އެހަފުލާގައި ރާޖީވް ފެނިގެން ދިޔައީ ހުދު އަދި ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގައި ހުއްޓައެވެ. އަދި ޗާރޫ ހުރީ ހުދު ކުލައިގެ ގޯންއެއްގަ އެވެ.



މިއަދުގެ ކައިވެނި ހަފްލާ އޮންނާނީ ރާޖިސްތާނާއި ބެންގާލީ ސަގާފަތާ އެއްގޮތަށް ކަމަށް ވެއެވެ.

ދިވެހިންގެ މެދުގައި ވެސް މަގްބޫލު ޗާރޫ ވަނީ ގިނަ މަޝްހޫރު ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "މެރީ އަންގްނޭ މޭ" އާއި "ޖީޖީ މާ" އާއި "ބާލް ވީރް" އާއި "ބަޅޭ އައްޗޭ ލަގްތޭހޭ" އަދި "އަމްރިތު މަންތަން" ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ ކަސްތޫރީގެ ރޯލުން ކަރަން ސަންގިނީ ގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު