Lanka akee rakaatheri gaumeh: Naib Raees Faisal
image
ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ: އެމްޑީޕީ/ ޓްވިޓާ
1 ކޮމެންޓް
 

"ލަންކާ އަކީ ރައްކާތެރި ގައުމެއް"

ކޮންމެ ދަނޑިވަޅެއްގައި ވެސް ދިވެހިން ތިބޭނީ އަވައްޓެރި ސްރީ ލަންކާއާއެކު ކަމަށާއި، ލަންކާ އަކީ ރައްކާތެރި ގައުމެއް ކަމަށް ރާއްޖެ އިން ބުނެފި އެވެ.
ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު މިހާރު އެ ގައުމުގައި އަމާންކަން ގާއިމްވެފައިވާކަން ދެއްކުމަށް، ނަޝީދު އާއި އެމްޑީޕީގެ އިސް ވެރިންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް މިވަގުތު ހުންނެވީ ލަންކާގަ އެވެ.

އެ ދަތުރުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހިން ތިބޭނީ ލަންކާއާއެކު ކަމަށެވެ.

ނަޝީދު ވިދާޅުވީ ލަންކާއަކީ ނުރައްކާތެރި ތަނެއް ނޫން ކަމަށާއި ހިތާމަވެރި ދަނޑިވަޅުތަކުގައި ވެސް ދިވެހިން ލަންކާގެ ރައްޔިތުންނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވިދާޅުވީ ލަންކާއަކީ އަދިވެސް ރައްކާތެރި ގައުމެއް ކަމަށާއި ލަންކާ އަށް ދާން ފަސްޖެހެންވީ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވެސް ސަލާމަތީ ގޮތުން ސަމާލުވާން ޖެހޭ ކަމަށާއި އެގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތައް ވަރުގަދަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ރައްކާތެރި ގައުމެއް ކަމަށާއި ރާއްޖޭގެ ސުލްހަ ދެމި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ނަޝީދު ވަނީ ރާއްޖެއިން ވަރަށް ރަނގަޅަށް ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށާއި ލަންކާ އާއި އިންޑިއާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ވެސް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ނަޝީދު ވަނީ ލަންކާ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު އަސަރެއް ނުކުރާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހިޔާލު

ލަކޫ

ލަންކާ އަކީ ދިވެހިންގެ ތެރެއިން ނުބައިކަން ކުރަން ބޭނުން މީހުން ނުބައިކަން ކުރަންގޮސްތިބޭ ޖަގަހަ އެތަން އަމާންވެފައިއޮން ނަންޖެހޭނެ އެކަން ކުރާބަޔަކަށް އެއީ އެތަނުގެ އަމާންކަން !